Advertisement
ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 08:02
ޝެއިހް އިލްޔާސް
ޝެއިހް އިލްޔާސް
ރާއްޖެ އެމްވީ
ޝެއިހް އިލްޔާސް
އިސްލާމް ދީނުގައި ނިގުޅައިގަނެފައިވާ ހައްގެއް ނޯންނާނެ: ޝެއިހް އިލްޔާސް
މަތް ﷲ ގެ ކޯފާއެއް އަތުވެއްޖެނަމަ، އެކަމުން ސަލާމަތް ނުވާނެ

އިންސާނީ ހައްގުތަކުގެ ތެރެއިން އިސްލާމް ދީނުގައި ނިގުޅައިގަނެފައިވާ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް ޝެއިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

"ލޮބުވެތި ނަބިއްޔާ" ގެ ނަމުގައި އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން ކާނިވާ ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، އިސްލާމް ދީނުގައި ނިގުޅައިގަނެފައިވާ އެންމެ ހައްގެއްވެސް ދައްކައިފިނަމަ އިސްލާމް ދީން ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށާއި، އެފަދަ ދީނެއްގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

Advertisement

ލޮބުވެތި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްއަށްވުރެ ބޮޑަށް އެކަކު ދެކެވެސް ލޯބި ނުވާން އަންގާފައިވާ ނަމަވެސް ޝެއިހް އިލްޔާސް ވިދާޅުވީ، ޢައިރު މުސްލިމުންވެސް އިސްލާމް ދީން ދިރާސާ ކުރުމަށްފަހު ބުނަނީ އެވަރުގެ ދީނެއް ނެތް ކަމަށެވެ.

މާތް ﷲ ގެ ކޯފާއެއް އަތުވެއްޖެނަމަ، އެކަމުން ސަލާމަތް ނުވާނެކަން ފާހަގަކުރައްވާ ޝެއިހް އިލްޔާސް ވިދާޅުވީ، މިކަންކަމާ ދިވެހި ރައްޔިތުން ފުންކޮށް ވިސްނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އަޅުގަނޑުގެ ނަސޭހަތަކީ (އަދި) ވަސިއްޔަތަކީ ދުނިޔެ މަތީގައި އަޅުގަނޑުމެންގެ އެ އިންސާނަކަށްޓަކައި ގުރުބާންވާންޖެހޭ އެ އިންސާނަށްޓަކައި އަޅުގަނޑުމެން ލޯބިވާންޖެހޭ އެ އިންސާނަކަށްޓަކައި އަޅުގަނޑުމެން ހުރިހާ ކަމެއް ދޫކޮށްލަންޖެހޭ ޝަހްސިއްޔަތަކީ ހަމައެކަނި އެންމެ ޝަހްސިއްޔަތެއް. އެއީ މި އުންމަތުގެ މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް. ދެން އެއަށްވުރެ ބޮޑަށް އެކަކަށްވެސް އަޅުގަނޑުމެން ލޯބި ކުރުމަކީ އަޅުގަނޑުމެންގެ އީމާންކަން ފުރިހަމަ ނުވާނެކަމެއް ނޭނގޭ
ޝެއިހް އިލްޔާސް ހުސެއިން

އިލްޔާސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެމްބަރުން ކޮށްގެން ތިބި ހުވާ މަތިން ހަނދުމަފުޅު ނެތިގެން ނުވާނެ ކަމަށާއި، ރާއްޖޭގައި އިސްލާމީ ވަހުދަތާއި އިސްލާމީ ސިޔާދަތު ރައްކާތެރިކުރަން ޖެހޭ ކަމަށެވެ.

މުސްލިމުން ނޭދެވޭ ކަމެއް ނުކުރާނެކަން ފާހަގަކުރައްވާ ޝެއިހް އިލްޔާސް ވިދާޅުވީ، މިތަނުގައި ހަނގުރާމަ ހިނގާނެ ކަމަށް ބައެއް މީހުން ބުނަމުން އަންނަ ކަމަށާއި، އެފަދަ މީހުންނަށް ފިޔަވަޅު އަޅައި، ސަޒާ ދޭން ޖެހޭ ކަމަށެވެ.

އެގޮތުން ޝެއިހް އިލްޔާސް ވަނީ ރާއްޖޭގެ އިސްލާމީ އަގީދާ އާއި ސިޔާދަތަށް ލޮޅުން އަރާފަދަ ކަމެއް ކުރާ ކޮންމެ ބަޔަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ސިފައިންނާއި ފުލުހުންނަށް އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުން ޝެއިހް އިލްޔާސް ވިދާޅުވީ، ހަމަނުޖެހުމަކީ އެއްވެސް މުސްލިމެއް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ހައްގުތައް ހޯދުމަށް ވަލިއްޔުލްއަމްރު އަރިހުގައި އެދުމުން ފަރުދީ ވާޖިބު އަދާކުރެވުނީ ކަމަށެވެ. އަދި އެކަން ވަލިއްޔުލްއަމްރު އެކަން ކުރައްވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

ކާކުތަ މި ބުނަނީ އިސްލާމް ދީނަކީ އެންމެ ހަރުކަށި ދީނޭ؟ މަޖިލިސް އިއްޒަތްތެރި. މީހަކު އިއްޒަތްތެރި ނުވާނެ. އިއްޒަތްތެރި މަޖިލީހުގެ މެމްބަރުންނަށް ދަންނަވާނީ ތިޔަބޭފުޅުން ކޮށްގެން ތިބި ހުވާގެ މަތިން ހަނދާން ނައްތާ ނުލައްވައްޗޭ. ރާއްޖޭގައި އިސްލާމީ ވަހުދަތާއި އިސްލާމީ ސިޔާދަތު ރައްކާތެރި ކުރައްވާށޭ
ޝެއިހް އިލްޔާސް ހުސެއިން
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް