ކ. މާލެ
|
15 މާރޗް 2017 | ބުދަ 03:20
މާޒިޔާ އަދި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ އަދި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން
ފޭސްބުކް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި
މާޒިޔާ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަސައްކޮ އާއި އުމޭރު
މެޗުގައި ރަނގަޅަށް ކުޅުނީ މާޒިޔާ

ބަންގްލަދޭޝްގެ ޑާކާ އަބަހާނީ 2-0 އިން ބަލިކޮށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާގެ ފެށުން ރަނގަޅުކޮށްފި އެވެ. 

ބަންގްލަދޭޝްގެ ބަންގް ބަންދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މާޒިޔާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

އެގޮތުން މެޗުގެ ކުރީ ކޮޅު އެޓީމުން ވަނީ ލަނޑެއްޖަހާ ލީޑު ނަގާފަ އެވެ. މިލަނޑު މަޒިޔާއަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މުހައްމަދު އުމެއިރު އެވެ. 

މާޒިޔާގެ ލަނޑަށް ފަހު އަބަހާނީން ކުޅުން ރަނގަޅުކުރި ނަމަވެސް މާޒިޔާގެ ޑިފެންސް ލައިނުން ވަނީ އެބޯޅަތައް ދިފާއުކޮށްފަ އެވެ.

މިނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފްފެށިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުން ދިޔައީ މާޒިޔާއިން ނެވެ. މި ހާފްގައި އަޙްމަދު އިމާޒް (އާއްކޮ) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

މީގެ އިތުރުން އަބަހާނީ އިން ވެސް ވަނީ ގޯލު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ.

މާޒިޔާއިން މެޗުގެ ލީޑް ފުޅާކުރީ 86 ވަނަ މިނެޓްގައި ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ. 

މިއީ އަސްއަދު އަލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަސަދުﷲ ކާމިޔާބުކުރި ލަނޑެކެވެ. 

މި މޮޅާއެކު މާޒިޔާއަށް އިތުބާރު ބޮޑުވެފައިވާއިރު އޭއެފްސީ ކަޕްގެ ގްރޫޕް "އީ" ގައި މާޒިޔާއާއި އަބަހާނީގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ ލީގު ޗެމްޕިއަން އަދި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕް ބެންގަލޫރު އެފްސީއާއި އިންޑިއާގެ ލީގު ރަނަރަޕް މޯހަން ބަގާން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް