ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 05:12
މުހްލިސް ބިން މުހައްމަދު
މުހްލިސް ބިން މުހައްމަދު
އޭއެފްޕީ
އިންޑޮނޭޝިޔާ
ހައްދު ޖެހުމަށް އަޑު އުފުލި މިހާ ގައިގައި ހައްދު ޖަހައިފި
ގާނޫނޫ ވުޖޫދަށް ގެނައުމަށް އޭނާ ވަނީ އަޑު އުފުލާފައި

އިންޑޮނޭޝިޔާގައި ހައްދު ޖެހުމުގެ ގާނޫނު އެކުލަވައިލުމަށް އެންމެ ބޮޑަށް ވަކާލާތު ކުރި މީހާ ގައިގައި ޒިނޭކުރި ކަމުގެ ތުހުމަތުގައި ހައްދު ޖަހައިފިއެވެ.

އެއްޗެއް އުލޫމާ ކައުންސިލް (އެމްޕީޔޫ)ގެ މެމްބަރެއް ކަމުގައިވާ އުމުރުން 46 އަހަރުގެ މުހްލިސް ބިން މުހައްމަދު ގައިގައި 28 ފަހަރު ހައްދު ޖަހާފައިވަނީ ޕާކެއްގައެވެ. އޭނާއާާއި އެކު ބަދު އަހުލާގީ އަމަލު ހިންގި އަންހެން މީހާގެ ގައިގައި 23 އެތިފަހަރުގެ ހައްދު ވަނީ ޖަަހާފައެވެ.

އެ ދެމީހުންނަށް އަދަބު ދީފައިވަނީ މުސްލިމުންގެ އާބާދީ ބޮޑު އިންޑޮނޭޝިޔާ ގައި އިސްލާމީ ޝަރިޔަތް ހަމައެކަނި ތަންފީޒު ކުރާ އެއްޗޭ ޕްރޮވިންސްގައެވެ. އެއްޗޭ ޕްރޮވިންސްގެ މީހުންގެ ތާއިދު ލިބިފައިވާ ހައްދު ޖެހުން އާއްމު ވެފަިއވަނީ 2005 ވަނަ އަހަރު ވުޖޫދަށް އައި ގާނޫނާއެެކުއެވެ.

ވައްކަމާއި ޖުވާކުޅުން ފަދަ ކަންތައްތަކުގައި އެ ސަރަހައްދުގައި ހައްދު ޖަހާ އުޅޭއެވެ. މިހާރު އަމަލު ކުރަމުންދާ އިސްލާމީ ޝަރިޔަތް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރުމަށް އެމްޕީޔޫ އިން ވަނީ ސަރުކާރަށް ލަފާދީފައެވެ. އެހެން ނަމަވެސް އެ ގާނޫނޫ އެކުލަވާލުމުގައި މުހައްމަދުގެ ރޯލެއް އެ ޖަމްއިއްޔާއިން ހާމައެއް ނުކުރެއެވެ.

އެއްޗޭ ބެސަރް ޑިސްޓްރިކްޓްގެ ސީނީޔާ އޮފިޝަލެއް ކަމަށްވާ ހުސައިނީ ވައްހާބް ވިދާޅުވީ، މީހުން ގައިގައި ހައްދު ޖަހަނީ އެމީހުންނަށް އިސްލާމީ ޝަރީޔަތުގައި ކަންތައްތައް އޮންނަ ގޮތް ހަނދާން ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

- ކޮމެންޓް
4 ނޮވެންބަރ 2019 | ހޯމަ 19:29
ނަން
މިނޫސްވެރިޔާގެ މަޢުލޫމާތު ވަރަށް ހައްދާ ތައުޒީރު ވަކިކުރަން ނޭގި ލިއުނީމަ ވަރަށް ކަޑަ. ޙައްދަކީ އަދަދު ކަނޑައެޅިފައި އޮންނަ އެއްޗެހި.
2 ނޮވެންބަރ 2019 | ހޮނިހިރު 16:09
ޢަހުމަދު
މިއީ ހައްދު ޖެހުމެއް ނޫން. މިއީ ތައުޒީރުކުރުން.
2 ނޮވެންބަރ 2019 | ހޮނިހިރު 07:43
ޢަޒީ
ކޮއިފުޅާ ޙައްދަކީ ތުހުމަތަށް، ޖެހޭ އެއްޗެއްނޫން އަނެއްކާ ޙައްދުގައި ޢޮނަހިރި ޢަދަދެއްވެސް ނޯންނާނެ ވީމާ މިއީ ރަގަޅު ޚަބަރެއްނޫން ބޮޑު ފޭކެއް،
2 ނޮވެންބަރ 2019 | ހޮނިހިރު 06:09
ތިމަންނަ
ދިވެހި ރާއްޖޭގައި ގިނައީ " ހާ ފް ބޮއިލް" މުސްލިމުން ތިމާޔަށް މުސްލިމް ނަމެއްކިޔުމުން ފުއްދާލައިގެން ތިބޭ ބައެއް
2 ނޮވެންބަރ 2019 | ހޮނިހިރު 05:53
1828
ތު ހުމަތެއްގައި ހައްދެއް ނުޖަ ހާނެ އިސްލާމީ ޝަރިއަތަކު.