ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 13:46
ތައި ރަސްގެފާނު މަހާ ވަޖިރަލޮންކޯން
ތައި ރަސްގެފާނު މަހާ ވަޖިރަލޮންކޯން
ރޮއިޓަރސް
ތައިލެންޑުގެ ރަސްކަން
ރަސްގެފާނަށް ވަފާތެރިކަން އިތުރުކުރުމަށް ތައިލެންޑުގައި ބޫޓް ކޭމްޕްތަކެއް!
މި ކޯސްތައް ހިންގަނީ ބޮޑުވަޒީރުގެ އޮފީހުން އިސް ނަގައިގެން
ކޭމްޕް ނިންމުމަށް ފަހު ބައިވެރިން އުޅެން ޖެހެނީ ރަސްގެފާނު ޕްރޮމޯޓް ކުރުމުގައި
އެ މީހުންގެ މުއާމަލާތްތައް ބަރާބަރަށް މޮނިޓަރ ކުރޭ

ރަސްގެފާނަށް އޮންނަ ވަފާތެރިކަން އިތުރުކުރުމަށް ކަމަށް ބުނެ، ތައިލެންޑުގެ ސިވިލް ސަރވަންޓޫންނާއި، ފުލުހުންނާއި ޓީޗަރުން މިލިޓަރީ ކޭޕްތަކަކަށް ފޮނުވަން ފަށައިފިއެވެ.

މިދިޔަ އަހަރު ފެށި މި ޕްރޮގްރާމަކީ، މިހާރު ރަސްކަމުގެ ތަހުތުގައި ހުންނެވި މަހާ ވަޖިރަލޮންކޯންގެ ރަސްކަމުގައި ފަށައިގެން އުޅޭ ޕްރޮގްރާމެކެވެ. 1932 ވަނަ އަހަރު ތައިލެންޑުގެ ވެރިކަމުގެ ނިޒާމަށް ބަދަލުގެނެއި ފަހުން މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ރަސްކަލަކު މި ޒާތުގެ ޕްރޮގްރާމްތަކެއް ހިންގާފައެއް ނުވެއެވެ.

ޕްރޮގްރާމްގެ ބައިވެރިންތަކެއް ރޮއިޓަރޒްއާ ވާހަކަދައްކަމުން ބުނީ ފަތިހު 5 ޖެހުމާއެކު ޓްރެއިނިންގ ފެށޭ ކަމަށާއި، އަސްކަރީ ސެލިއުޓްތައް ދަސްކުރުމާއި، ތައި ރަސްރަސްކަލުންގެ ތާރީހު ދަސްކުރަން ޖެހޭ ކަމަށެވެ. ހަ ހަފުތާގެ މުއްދަތަށް ކުރިޔަށްދާ ކްލާސްތައް ލިބުމުން އެ މީހުން ކުރަން ޖެހޭ މަސައްކަތަކީ ރަސްގެފާނު ޕްރޮމޯޓް ކުރުމެވެ. އަދި އެ މީހުންގެ މަސައްކަތް މެސެޖް ޓްރެކިންގ އެޕްތައް މެދުވެރިކޮށް މޮނިޓަރ ކުރެވެމުންދެއެވެ.

މި ކޭމްޕްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، ބޮޑުވަޒީރު އޮފީހުގެ ޕަރމަނަންޓް ސެކެޓްރީ ތީރަޕަތް ޕްރަޔުސިއްދީއެވެ. އަދި އޭނާ ބުނީ މިއީ މަޖުބޫރުން ހިންގާ ޕްރޮގްރާމްތަކެއް ނޫން ކަމަށާއި، މީގައި މީހުން ބައިވެރިވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ. ނަމަވެސް، ޕްރޮގްރާމްގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

ދާދި ފަހުން ރަސްގެފާނު ވަޖިރަލޮންކޯން ވަނީ، އޭނާއަށް ބޭވަފާތެރިވީ ކަމަށް ބުނެ ރޯޔަލް ކޮންސޯޓްގެ ހުރިހާ ބާރެއް އަތުލާ ގަނޑުވަރުން ބޭރުކޮށްލާފައެވެ.

- ކޮމެންޓް
1 ނޮވެންބަރ 2019 | ހުކުރު 18:57
އެބޮލިޝް ރަސްކަން
އެބޮލިޝް ރަސްކަން