އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގައި ރޯވެފައިވާ އަލިފާން ގަނޑު ކޮންޓްރޯލް ނުކުރެވި ބޮޑު ސަރަހައްދެއް އަނދާ އަޅިޔަށް ވެއްޖެއެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި 1500 އޭކަރު (526 ހެކްޓަރ) އަށް އެ އަލިފާންގަނޑު ވަނީ ފެތުރިފައެވެ.
އަލިފާނުގެ ނުރައްކާ އޮތް ސަރަހައްދުގައި 18 މިލިއަނަށް ވުރެއް ގިނަ މީހުން ދިރިއުޅޭ އިރު އެ އަލިފާނުގެ ނުރައްކާ އިންތިހާއަށް ބޮޑުވުމުގެ ސަބަބުން 7000 ގެ އަކުން ވަނީ މީހުން ބަދަލުކުރަން ޖެހިފައެވެ. އަދި 30000 އަށް ވުރެއް ގިނަ މީހުންނަށް އެ އަލިފާނުގެ ގެއްލުން ފޯރާފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
އެ ބޮޑު އަލިފާނުގެ ނުރައްކާ ބޮޑު ވުމުގެ ސަބަބުން ކެލިފޯނިއާގެ ގަވަރްނަރު ގެވިން ނިއުސަމް ވަނީ އެ ސްޓޭޓްގައި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.
ކެލިފޯނިއާގައި 2017 ވަނަ އަހަރު އަލިފާނުގެ ސަބަބުން 44 މީހުން މަރުވެފައި ވާއިރު ފާއިތުވި އަހަރު 86 މީހުން އަލިފާނުގެ ސަބަބުން މަރުވި ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.