ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 23:41
ނަވާޒް ޝަރީފާއި ދަރިކަލުން މަރްޔަމް ނަވާޒް
ނަވާޒް ޝަރީފާއި ދަރިކަލުން މަރްޔަމް ނަވާޒް
ފޭސްބުކް
ނަވާޒް ޝަރީފް
ކަފާލާތުގެ ދަށުން ނަވާޒް ޝަރީފް މިނިވަންކުރުމަށް ހުކުމްކޮށްފި
އެމަނިކުފާނު މިނިވަން ކުރެއްވުމަށް އިމްރާން ހާން ކޯޓުގައި އެދިވަޑައިގެންނެވި
ނަވާޒް ޝަރީފް މިނިވަން ކުރުމަށް ހުކުމްކުރީ ބަލި ހާލުކޮޅަށް ރިއާޔަތްކޮށްގެން

ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލުބަންދުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ކަފާލާތުގެދަށުން މިނިވަން ކުރުމަށް ހުކުމްކޮށްފިއެވެ.

ލާހޯރުގެ ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ އެމަނިކުފާނުގެ ބަލި ހާލުކޮޅުގެ ސަބަބުންކަމަށް ބައެއް ރިޕޯޓްތަކުން ބުނާއިރު އެމަނިކުފާނު ޖަލުގައި ހުންނަވައިފިނަމަ ސިއްހީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ލަފާވެސް ދެއްވާފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ނަވާޒް ޝަރީފްގެ ސިއްހީ ހާލަތު ގޯސްވެ އެމަނިކުފާނު ލާހޯރުގެ ހޮސްޕިޓަލަށް ގެންދެވުނުއިރު މިވަގުތު އެމަނިކުފާނަށް ފަރުވާދެމުން ގެންދަވަނީ އައިސީޔޫގައި ކަމަށް ހަބަރުތައް ބުނެއެވެ.

ނަވާޒް ޝަރީފުގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަންގެ މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ދަރިކަލުން މަރްޔަމް ނަވާޒްވެސް ވަނީ ހައްޔަރުކޮށް, އެ މައްސަލަ ތަންފީޒުކުރަން ފަށާފައެވެ. އެހެންނަމަވެސް ބަންދުގައި ހުންނެވި މަރްޔަމް ނަވާޒްގެ ސިއްހީ ހާލަތު ގޯސްވެ ދާދިފަހުން ހޮސްޕިޓަލްގައި އެޑްމިޓްކުރި ހަބަރުތަކެއް މިޑިއާ ތަކުގައި ވަނީ ފެންމަތިވެފައެވެ. އެއީ އެކަމަނާގެ ބައްޕާފުޅު ހޮސްޕިޓަލްގައި ފަރުވާހޯއްދަވަމުން ގެންދަވާއިރު ބައްޕާފުޅުގެ އަރިހުގައި ހުރުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން އެކަމާއި ހިތާމަފުޅުކުރެއްވުމުގެ ސަބަބުން ކަމަށް ވެސް އެ ހަބަރުތަކުގައިވެއެވެ.

ނަވާޒް ޝަރީފް އާއި ދަރިކަލުން މަރްޔަމް ނަވާޒްގެ ސިއްހީ ހާލަތު ގޯސްވެފައިވުމުން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާނު ވަނީ ނަވާޒް ޝަރީފު މިނިވަން ކުރެއްވުމަށް ކޯޓުގައި އެދިވަޑައިގަންފައެވެ.

ކަފާލާތުގެ ދަށުން ނަވާޒް ޝަރީފް މިނިވަން ކުރުމަށް ހުކުމްކުރެއްވި ނަމަވެސް އެމަނިކުފާނަށް އިތުރު ފަރުވާދިނުމަށް ގައުމުން ބޭރަށް ގެންދިޔުމަށް ހުއްދަ ދެވުނު ކަމެއް އެނގިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް