ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 17:39
ބިއުޓީ އެންޑް ދަ ބީސްޓްގެ ބަތަލާ އެމާ ވޮޓްސަން
ބިއުޓީ އެންޑް ދަ ބީސްޓްގެ ބަތަލާ އެމާ ވޮޓްސަން
ގޫގުލް
ބިއުޓީ އެންޑް ދަ ބީސްޓް
ބިއުޓީ އެންޑް ދަ ބީސްޓް މެލޭޝިޔާގައި އެޅުވުން ލަސްކޮށްފި
 
އެ ފިލްމު އެޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ގަ

މިމަހުގެ 18 ވަނަ ދުވަހު އެޅުވުމަށް ހަމަޖެހިފައިވާ ބިއުޓީ އެންޑް ދަ ބީސްޓް މެލޭޝިޔާގައި ސްކްރީން ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ފިލްމުގެ ކުޑަ ބައެއް ކަޑާލާފައިވާނެ ކަމަށް މެލޭޝިއަން ސެންސަރޝިޕް ބޯޑުން ބުނެފި އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މެލޭޝިޔާގެ ސެންސަރޝިޕް ބޯޑުން އެ ފިލްމު ދެއްކުމަށް އެޕްރޫވު ކުރި ނަމަވެސް ފިލްމުގެ ބައެއް މަންޒަރުތައް ކަނޑާފައިވާނެ އެވެ. އެއީ އެފިލްމުގައި އެއްޖިންސުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މަންޒަރު ދައްކުވާދޭތީ ކަމަށް ވެސް މެލޭޝިޔާގެ ސެންސަރޝިޕް ބޯޑުން ބުނެއެވެ.

އެއްޖިންސުން ލޯބީގެ ގޮތުން ގުޅުން ބޭއްވުމަކީ މެލޭޝިއާގައި މަނާ ކަމެކެވެ. މިކަމާ ގުޅޭ ގޮތުން އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ވަނީ އެ ފިލްމް އެންމެ މަނާކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަަމަށް ވިދާޅުވެފަ އެވެ.

އެ ފިލްމް މެލޭޝިޔާގައި އެޅުވުން ފަސްކޮށްފައިވާ އިރު އެ ފިލްމު އަޅުވާނެ ތާރީހު ވަރަށް އަވަރަށް އިއުލާނުކުރާނެ ކަމަށް ސެންސަރޝިޕް ބޯޑުން ބުނެއެވެ.

މެލޭޝިޔާގައި އެފިލްމު އަޅުވާ އިރު އެ ފިލްމަކީ ހުރިހާ އުމުރުގެ ފަރާތްތަކަށް ވެސް ބެލޭނެ ފަދަ ފިލްމަކަށް ވާނެ ކަމަށް މެލޭޝިއަން ސެންސަރޝިޕުން ބުނެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް