ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 18:55
ނުސްރަތަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއް
ނުސްރަތަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއް
ގޫގުލް
ބަނގުލަދޭޝް
ބަނގުލަދޭޝްގައި ދަރިވަރެއް މަރާލި މައްސަލައިގައި 16 މީހުން މަރަން ހުކުމްކޮށްފި
 
މަރަން ހުކުމް ކުރި މީހުންގެ ތެރޭގައި ހެޑްމާސްޓަރުވެސް ހިމެނޭ
 
ނުސްރަތު މަރުވީ ގައިގައި ރޯކޮށްލުމުން ލިބުނު އަނިޔާތަކުގެ ސަބަބުން

ޖިންސީ ގޯނާ ރިޕޯޓްކުރި އުމުރުން 19 އަހަރުގެ އަންހެން ކުއްޖެއް މިދިޔަ އެޕްރީލް މަހު ބަނގުލަދޭޝްގައި މަރާލިއިރު އެ ކުއްޖާ މަރާލި މައްސަލާގައި 16 މީހަކު މަރަން ހުކުމްކޮށްފިއެވެ.

ބަނގުލަދޭޝްގައި ހުންނަ ދީނީ ސްކޫލެއްގައި ކިޔަވަމުން ދިޔަ ނުސްރަތު ޖަހަން ރަފީއަށް ޖިންސީ ގޯނާ ކުރުމުން އެ މައްސަލަ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އެ ސްކޫލްގެ ހެޑްމާސްޓަރަށް ކަމަށް ހަބަރުތައް ލިބެއެވެ.

އެ މައްސަލާގައި އެ ސްކޫލްގެ ހެޑްމާސްޓަރު ހައްޔަރުކުރި އިރު ފުލުހުންނަށް ނުސްރަތު ދިން ބަޔާނުގެ ވީޑިއޯއެއް އާންމުކޮށްފައި ވެއެވެ. ނަމަވެސް އެ ވީޑިއޯގެ ސަބަބުން ހެޑްމާސްޓަރު ހައްޔަރުކުރުމުން އަވަށުގެ ރައްޔިތުންނަށް ގޯސްވީ ނުސްރަތުއެވެ.

އެ މައްސަލަ ރިޕޯޓްކުރިތާ 11 ދުވަސް ފަހުން ނުސްރަތު ސްކޫލަށް ދިޔުމުން އެ ކުއްޖާގެ ގައިގައި ވަނީ ރޯކޮށްލާފައެވެ. އަދި އެ އަނިޔާތަކުގެ ސަބަބުން ނުސްރަތު ވަނީ މަރުވެފައެވެ. އެހެން ނަމަވެސް އޭނާ ވަނީ މަރުވުމުގެ ކުރިން އޭނާ އަށް ހަމަލާދިން މީހުންގެ ނަންތައް މަރުވުމުގެ ކުރިން ހާމަކޮށްފައެވެ.

ނުސްރަތުގެ މަރުގެ މައްސަލާގައި މަރަން ހުކުމްކުރި މީހުންގެ ތެރޭގައި ހެޑްމާސްޓަރާއި އެ ސްކޫލްގެ ދެ ދަރިވަރުން ހިމެނުނު އިރު އޭނާގެ އާއިލާއިން ވަނީ އެ ހުކުމަށް ތާއިދުކޮށް އަވަހަށް ހުކުމް ތަންފީޒުކުރުމަށް ގޮވާލާފައެވެ.

އެ އަންހެން ކުއްޖާގެ މަރަށް ފަހު ބަނގުލަދޭޝްގައި ވަނީ ސްކޫލްތަކުގައި ޖިންސީ އަނިޔާކުރުން ހުއްޓަން ކޮމެޓީތައް ހެދުމަށް އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް