ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 16:48
ބީއެމްއެލް އޮފީސް
ބީއެމްއެލް އޮފީސް
ރާއްޖެ އެމްވީ
ބީއެމްއެލް
ހިއްސާއަކަށް 20 ރުފިޔާ ބަހަން ބީއެމްއެލް ގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި
ިދިޔަ އަހަރު އެ ކުންފުނިން ބަހާފައިވަނީ ހިއްސާއަކަށް 17ރުފިޔާ ގެ މަގުން 91.4 މިލިއަން ރުފިޔާއެވެ .

 ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 20 ރުފިޔާ ބަހަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

އެ ބޭންކުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 20ރ ގެ މަގުން 107.6 މިލިއަން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. އަދި މިފަހަރު ބަހަން ނިންމި ޢަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 18 ޕަސެނެޓް އިތުރު ޢަދަދެއް ކަމަށެވެ.

މިދިޔަ އަހަރު އެ ކުންފުނިން ބަހާފައިވަނީ ހިއްސާއަކަށް 17 ރުފިޔާ ގެ މަގުން 91.4 މިލިއަން ރުފިޔާއެވެ.

ބޭންކް އޮފް މޯލްޑިވްސްގެތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖުމްލަ ފައިދާގެ މިންވަރު 1.03 ބިލިއަން ރުފިޔާއަށް އަރާފައި ވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 56 އިންސައްތަ ކުރިއެރުމެކެވެ.
ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ބޭންކަށް މިދިޔަ އަހަރު ވަރަށްބޮޑު އާމްދަނީއެއް ލިބިފައިވާ އިރު، މިދިޔަކުއާޓަރގައި 528 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބި، މިދިޔަ އަހަރުލިބުނު ޖުމްލަ އާމްދަނީ ވަނީ ދެ ބިލިއަން ރުފިޔާ އަށްވުރެ މައްޗަށްގޮސްފައެވެ .

- ކޮމެންޓް