Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 13:22
ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއުގެ މައުލޫމާތު
ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއުގެ މައުލޫމާތު
ޓްވިޓަރ
ޕްލޭނިންގް މިނިސްޓްރީ
މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް ގުޅީފަޅު ބިން ހިއްކުމަށް ބަޔަކާއި ހަވާލުކޮށްފި
މިއީ 53 މިލިއަން ޑޮލަރުގެ މަޝްރޫއެއް
މަސައްކަތް ނިންމުމަށް ދީފައިވަނީ 180 ދުވަސް
އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 17 އޮކްޓޯބަރުގައި

މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް ގުޅީފަޅު ބިން ހިއްކުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ނޭޝަނަލް އިންފްރާސްޓްރަކްޗަރ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނި މާލޭގެ ތޮއްޖެހުމާއި ކާރޫބާރޫއަށް ލުއި ހޯދުމަށްޓަކައި ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިއްކުމަށް ހަމެޖހިފައިވާ 06 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 4 ކިލޯ މީޓަރުފެ ތޮއްޓެއް ގާއިމުކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓުގައި މިމަހުގެ 17 އޮކްޓޯބަރު 2019 ގައި ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ލިމިޓެޑާއި އެކު ސޮއި ކޮށްފައިވާކަމަށެވެ.

ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ލިމިޓެޑަށް މި މަޝްރޫއު ނިންމުމަށް 180 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، މިކަމުގެ ސަބަބުން މާލޭގެ އިންޓީރިއަރ ބަދަލުކޮށް މާލެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނެވި ރައީސުުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާއި އެއްގޮތަށް، މާލެ ހިތް ފަސޭހަ ތަނަކަށް ހެދުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

Advertisement

ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ކުންފުނިން މީގެ ކުރިންވެސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވާއިރު، އެ ކުންފުނިން ވަނީ 2007 އިން 2015 އާއި ދެމެދު ރާއްޖޭގެ މީހުން ދިރިއުޅެ 10 ރަށެއްގައިި ޖުމްލަ 198 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ލިމިޓެޑާއި ހަވާލުކުރެވުނު 53 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި ބޮސްކާލިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރިއާ މެނޭޖަރ ޑޭވިޑް ބޫސްޓެޑްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
22 އޮކްޓޯބަރ 2019 | އަންގާރަ 18:29
އަނަދާރ ކުރޮން ރޯޑް
މޭކް އަނަދާރ ކުރޮން ރޯޑް ފޯ ޕީޕަލް ޓްލިވް ޕުލީޒް
22 އޮކްޓޯބަރ 2019 | އަންގާރަ 13:28
އެޑަމް
ހެޔޮނުވާނެ މާލެ ނޫންތަނެއް ދިވެހިންނަށްަ ދައްކައިގެން، ކުލީގެ އަޅުވެތިކަމުން ސަލާމަތްކޮށްދީ،،، މާލޭގެ ބިންވެރިންނަށް ކުލި ދައްކައިގެން މުޅި އުމުރު ދިވެހިން އުޅެން މިޖެހެނީ، މާލޭގަ ތޮއްޖެހުން ކުޑަވާނެ ނިކަން މާލެއިން ލިބޭ ފެންވަރަށް ނުވަތަ އެއާ ގާތްކުރާ މިންވަރަށް އެހެން ރަށަކުން ހިދުމަތް ލިބޭނެ ގޮތެއް ހަދާބަލަ...
22 އޮކްޓޯބަރ 2019 | އަންގާރަ 13:25
ކޭންބީ
އަހރެމެންގެ ދިވެހި ކުންފުނި އެމްޓީޓީސީސީ އަށް ނުދީ ބޮސްކާލިސްއަށް ދިނީ އެމީހުން ފައިނޭންސް ހޯދާތީތޯ؟