Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 04:51
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓަރ
ވީހާވެސް ގިނަ ބަޔަކަށް އެއްފަހަރާ ހެޕެޓައިޓަސްއަށް ޓެސްޓްކުރެވުން އެއީ ސަރުކާރުގެ އަމާޒެއް: މިނިސްޓަރ އަމީން
ހަތް މެމްބަރުންގެ ނޭޝަނަލް ހެޕަޓައިޓިސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕެއްވެސް ވަނީ އިފްތިތާހްކޮށްފައި

ސިއްހަތު ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި އެގޮތުން ވީހާވެސް ގިނަ ބަޔަކަށް އެއްފަހަރަ ހެޕެޓައިޓިސް ޓެސްޓް ހެދުމުގެ މަގު ތަނަސްކޮށްދެއްވުމަކީވެސް ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެޕެޓައިޓިސް ބީ 2019 ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ހެޕެޓައިޓިސް ގެ މައުލޫމާތު އާންމުންނަށް އެނގުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

Advertisement

މީގެއިތުރުން މި ހަފްލާގައި ހެޕެޓައިޓިސް ބީ އާ ބެހޭ ގޮތުން ގިނަ މައުލޫމާތުތައް ހިއްސާކޮށް، ޕެނަލް ޑިސްކަޝަނެއްވެސް ބާއްވާފައިވާއިރު، އެކަމަށް ހާއްސަ އެމްބެސަޑަރެއް ވެސް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން، ރާއްޖޭގައި ހެޕެތައިޓިސް ކޮންޓްރޯލްކުރުމަށް ހަތް މެމްބަރުންގެ ނޭޝަނަލް ހެޕަޓައިޓިސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕެއްވެސް ވަނީ އިފްތިތާހްކޮށްފައެވެ. އަދި ނޭޝަނަލް ސްޓްރެޓިޖިކް އެކްޝަން ޕްލޭން އޮން ވައިރަލް ހެޕަޓައިޓިސް ވަނީ އިފްތިތާހްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް