Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 11:34
ޒިޔާދާގެ މަރުގެ މައްސަލާގައި ދައުވާކުރާ، ކުރީގެ ފިރިމީހާ ޝާހު
ޒިޔާދާގެ މަރުގެ މައްސަލާގައި ދައުވާކުރާ، ކުރީގެ ފިރިމީހާ ޝާހު
ޓްވިޓަރ
ޒިޔާދާ މަރުގެ މައްސަލަ
ޒިޔާދާގެ މަރުގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ފަށައިފި
ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތެއް ނުވި
ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން
ހައިކޯޓުގައިވެސް ޕީޖީ އޮފީހުން ވަނީ އަޑުއެހުންތައް ސިއްރުކުރަން އެދިފަ

ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި, ގދ. ތިނަދޫ, ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް އާދިއްތަ ދުވަހު ހައިކޯޓުގައި ފަށައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހައިކޯޓުގައި އެމައްސަލަތައް އިސްތިއުނާފް ކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު އެވެ.

ޒިޔާދާގެ ކުރީގެ ފިރިމީހާ ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލީ ހަތަރު ދައުވާއެކެވެ. އެއީ ފިރިމީހާ, އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

މީގެ ތިން އަހަރު ކުރިން 2015ގެ ޑިސެމްބަރ 28 ގައި ޒިޔާދާ މަރުވި މައްސަލައިގައި ފުލުހުން ބުނެފައި ވަނީ ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޒިޔާދާގެ އޮޓޯޕްސީ ރިޕޯޓުން ވެސް އޭނާއަށް ޖިސްމާނީ މައްސަލަތައް ކޮށްފައިވާކަން ފާހަގަވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ.

Advertisement

އެހެން ނަމަވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝާހުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ. އެހުކުމާއެކު ގިނަ ފާޑުކިޔުންތަކެއް ކޯޓުތަކަށާއި ޝާހު އަށް އަމާޒުވިއެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އަޑުއެހުންތައް ސިއްރު ކުރީ ޕީޖީއިން އެދުމުންނެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ހައިކޯޓުގައިވެސް އެ މައްސަލައިގެ އަޑުއެހުންތައް ސިއްރު ކުރަން ޕީޖީއިން ވަނީ އެދިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް