ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 15:48
ނ.އެކުޅިވަރު
ނ.އެކުޅިވަރު
ޓްވިޓަރ
ރިސޯޓު ތަރައްގީ ކުރުން
އެކުޅިވަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދަނީ
އަންނަ މަހުގެ 06 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންޖެހޭ
ބޭރުގެ ފަރާތްތަކަށް ވެސް މިފުރުސަތު ވަނީ ހުޅުވާލާފައި

ނ.އަތޮޅު އެކުޅިވަރުގައި ރިސޯޓެއް ތަރައްގީކޮށްގެން ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އެކުޅިވަރު ރިސޯޓަކީ 2017 ވަނަ އަހަރު 50 އަހަރަށް އެސްޓީއޯއަށް ދީފައިވާ ރަށެކެވެ.

އެސްޓީއޯއިން ބުނީ ނ.އަތޮޅު އެކުޅިވަރުގައި ރިސޯޓެއް ތަރައްގީކޮށްގެން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެންބަރުމަހުގެ 06 ވަނަ ދުވަހުގެ މެންދުރު 02 ޖެހުމުގެ ކުރިން އެސްޓީއޯއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި މިފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރިސޯޓް ތަރައްގީކުރުމުގެ ބިޑުގައި ބައިވެރިވެވޭނެ ފަރާތްތައް ކަނޑައަޅާނީ، އީ.އޯ.އައިތައް އިވެލުއޭޓްކުރުމަށްފަހުކަމަށެވެ. އަދި އެސްޓީއޯއިން ބުނީ އީއޯއައި އަށް ބޭނުންވާ ކަންތައްތައް ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި ހުންނާނެ ކަމަށާއި، ޓީއޯއާރު އެސްޓީއޯގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ނ. އަތޮޅު އުތުރުން އޮންނަ 19.2 ހެކްޓަރުގެ އެކުޅިވަރުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން 2008 ވަނަ އަހަރު ފުރަތަމަ ހަވާލުކުރީ މޯލްޑިވްސް ޓުއަރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. ނަމަވެސް ބޭރުގެ ކުންފުންޏަކާއެކު ރިސޯޓެއް ތަރައްގީކުރުމަށް އެމްޓީޑީސީން ކުރި މަސައްކަތް ނާކާމިޔާބުވުމުން 2016 ވަނަ ސަރުކާރުން އެއެއްބަސްވުން ބާތިލްކޮށް އެރަށަށް ސަރުކާރަށް ނަގާފައެވެ.

- ކޮމެންޓް