Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 12:26
ޕޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރެއްވި ފަރީދާ
ޕޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރެއްވި ފަރީދާ
ފިޝަރީސް މިނިސްޓްރީ
ޕޭ ކޮމިޝަން
ޕޭ ކޮމިޝަންގެ މެމްބަރުކަމަށް ފަރީދާ އައްޔަންކޮށްފި
ޕޭ ކޮމިޝަންގެ މެމްބަރުކަމަށް ފަރީދާ އައްޔަންކުރައްވާފައިވަނީ ބުރާސްފަތި ދުވަހު

ނޭޝަނަލް ޕޭ ކޮމިޝަންގެ މެމްބަރު ކަމަށް ޢާއިޝަތު ފަރީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފި އެވެ.

ޕޭ ކޮމިޝަންގެ މެމްބަރުކަމަށް ފަރީދާ އައްޔަންކުރައްވާފައިވަނީ ބުރާސްފަތި ދުވަހު އެވެ.

ފަރީދާގެ އިތުރުން ޕޭ ކޮމިޝަންގައި ހަތަރު މެމްބަރަކު ތިއްބަވަ އެވެ. އެ ކޮމިޝަންގެ ރައީސަކީ، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެވެ. އޭގެއިތުރުން އެ ކޮމިޝަންގައި ތިއްބަވާ ތިން މެމްބަރުންނަކީ، މަރްޔަމް ނިޔާފް މުޙައްމަދާއި، ޢަފާފް އިބްރާހީމް ޢަލީދީދީގެ އިތުރުން ފާޠިމަތު ޝާނާ ފާރޫޤު އެވެ.

Advertisement

ޕޭ ކޮމިޝަނަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަނަކީ ދައުލަތުގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމުގެ ބާރު ލިބިފައިވާ މުއައްސަސާއެކެވެ. އެގޮތުން މުސާރައިގެ އާ އޮނިގަނޑު އެކުލަވާލައި އަންނަ އަހަރު އެއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކޮމިޝަނުން މިދިޔަ މަހުގައި ބުނެފައިވެއެވެ.

ޕޭ ކޮމިޝަނުން އިތުރަށް ބުނީ ދައުލަތުގެ މުވައްޒަފުންނަށް މިހާރު ދެމުންދާ އެލަވަންސްތައް އެއްހަމަކުރުމުގެ ގޮތުން، ދައުލަތުގެ މުވައްޒަފުންނަަށް ދެވޭނެ އެލަވަންސްތަކާއި އެ އެލަވަންސްތަކުގެ ހަމަތަކާއި މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް