Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 23:05
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
އަރބަން ސެންޓަރެއްގެ ގޮތުގައި ކުޑަހުވާދޫ ތަރައްގީ ކުރާނަން: ރައީސް ސޯލިހު
އެފަދަ އަރބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެރަށުގައި ގާއިމު ކުރެވިގެންދާނެ ކަމަށް ރަައީސް ވިދާޅުވި
ރައީސް ސޯލިހު ވިދާޅުވީ އެ ރަށް އޮތީ ތަރައްގީއަށް ފައްކާ ވެފައި ކަމަށް
ހޮސްޕިޓަލް ތަރައްގީކުރުމުގެ އިތުރަށް ސްކޫލަށްވެސް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވި

އަރބަން ސެންޓަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ތަރައްގީ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement

ރައީސް ސޯލިހު ވިދާޅުވީ ކުޑަހުވަދޫ އަރބަން ސެންޓަރެއްގެ ގޮތުގައި ގާއިމު ކުރައްވާނެ ކަމަށާއި އަދި އެފަދަ އަރބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެރަށުގައި ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

ދ. އަތޮޅަކީ މަސްވެރިކަމާއި ފަތުރުވެރިކަން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ އަތޮޅެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ރަށް އޮތީ ތަރައްގީއަށް ފައްކާވެފައި ކަމަށެވެ. އަދި އެކަމަށްޓަކާ ބޭނުންވާ ވަސީލަތްތައް އެބަހުރި ކަމަށާއި އެކަށީގެންވާ އާބާދީއެއްވެސް އެބަ އޮތް ކަމަށެވެ.

މިރަށަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކާ ފައްކާވެފައި އޮތް ރަށެއް. ވަސީލަތްތައް އެބަހުރި. އެކަށީގެންވާ އާބާދީއެއްވެސް އެބައޮތް. މިހާރުވެސް ރަޖިސްޓްރީއަށް ވުރެ ގިނަ މީހުން މި ރަށުގައި ދިރިއުޅެމުން އެބަދޭ. މަސްވެރި އަދި ފަތުރުވެރިކަންވެސް ފުޅާ ކޮށް މިއަތޮޅުގައި އެބައޮތް. އެހެންކަމުން މިރަށް މިއޮތީ ތަރައްގީއަށް ހަމަ ފައްކާވެފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ހޮސްޕިޓަލް ތަރައްގީކުރުމުގެ އިތުރުން، ސްކޫލަށްވެސް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި މަގުތައް ހަދާ، ފެރީ ޓަރމިނަލް ހެދުމުގެ އިތުރުން ރަށަށް ބޭނުންވެފައިވާ މަސްމާރުކޭޓަކާއި އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެ އިންތިޒާމް ހަމަޖައްސަވާދެއްވާނެ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހުމުގެ އިތުރުން އެރަށުގައި ޒޯން ރަނގަޅު ފެންވަރުގެ ސްޓޭޑިއަމްއެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

މީގެ ތެރެއިން ގިނަ މަސައްކަތްތަކަކީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދެވޭނެ މަޝްރޫއުތަކެއް ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް