ކ. މާލެ
|
13 މާރޗް 2017 | ހޯމަ 22:12
ޤުރުއާން މުބާރާތުގައި ބައިވެރިވި ވައިކަރަދޫ ޓީމު
ޤުރުއާން މުބާރާތުގައި ބައިވެރިވި ވައިކަރަދޫ ޓީމު
ރާއްޖެ އެމްވީ
ހދ އަތޮޅު ޤުރުއާން މުބާރާތް
ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި
މުޅިމުބާރާތުން އެއްވަނަ ލިބުނީވެސް ވައިކަރދޫ ފައިހާ ޢަބްދުﷲ އަޤީލަށް

ހދ އަތޮޅު ނެއްލައިދޫގައި ބާއްވާ އެއަތޮޅު އެންމެ ބޮޑު އަތޮޅު ޤުރުއާން މުބާރާތްގެ އެއްވަނަ ވައިކަރަދޫ ހޯދައިފި އެވެ.

މިއީ ވައިކަރަދޫ މި މުބާރާތް ވިދިވިދިގެން ކާމިޔާބުކުރި 4 ވަނަ ފަހަރެވެ.

މި މުބާރާތުގެ ދެވަނަ ހަނިމާދޫ ހޯދާފައިވާއިރު 3 ވަނަ ހޯދާފައިވަނީ ކުޅުދުއްފުއްޓެވެ.

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހުސެއިން ރަޝީދެވެ.

މިމުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުންވަނީ ހޮވާފަ އެވެ. އެންމެ މޮޅު 15 ދަރިވަރުންނަށް ހޮވިފައިވަނީ ވައިކަރަދޫގެ ދަރިވަރުން ކަމަށްވާ އަހުމަދު އަރުޝަމްއާއި ފާތުމަތު ޝައުރާއާއި މަރްޔަމް ޝިދުރާ ޝަފީޤާއި ފައިހާ އަބުދުﷲ އަޤީލްގެ އިތުރުން އެރަށު އަހުމަދު އިޔާދުއާއި  ޔޫޝައު ބިން މުހައްމަދު ހިލްމީއެވެ. އަދި ހަނިމާދޫ މަރްޔަމް އިބާ އާއި މާލޭގެ ދަރިވަރުން ކަމަށްވާ ރާޔާ އަންވަރުގެ އިތުރުން އާޔަން އިބުރާހިމެވެ. އެންމެ މޮޅު 15 ދަރިވަރުންގެ ތެރޭގައި  ނޮޅިވަރަންފަރު ދެދަރިވަރުން ކަމަށްވާ އާއިޝަތު ނުރާ އަލީ އާއި އަހުމަދު ހަލަފްގެ އިތުރުން  ނެއްލައިދޫ ހުސެއިން ޔާނިމްއާއި  މަކުނުދޫ އާއިޝަތު އީލާފް އަލީ ނަސީރު އަދި  ނޮޅިވަރަމް ޝައްމާ މުހައްމަދާއި  މާޔާ މުހައްމަދުވެސް 15 ދަރިވަރުންގެ ތެރޭގައި ހިމެނެއެވެ.

ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ، ވައިކަރަދޫ ފަލްކަމް، ފައިހާ އަބުދުﷲ އަޤީލެވެ، ދެވަނަ ހޯދީ މަކުނުދޫ ރޯޝަނީއާގެ، އާއިޝަތު އީލާފް އަލީ ނަސީރެވެ. 3 ވަނަ ހާސިލްކުރީ ނޮޅިވަރަމް ގަހާ، ޝައްމާ މުހައްމަދެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކުރީ ވައިކަރަދޫ ގުރަހާތަރި، އަހުމަދު އަރުޝަމެވެ. 2 ވަނަ ހޯދައިފައިވަނީ ހަނިމާދޫ އެނގަކުރި، މަރްޔަމް އިބާ އެވެ. 3 ވަނަ ލިބިފައިވަނީ ވައިކަރަދޫ ކަނބުރު، ފާތިމަތު ޝައުރާ މުހައްމަދު ޝަފީޤަށެވެ.

މިއަހަރުވެސް ޤުރުއާން މުބާރާތުގައި ރަންވަނަތައް ހާސިލްކޮށްފައިވަނީ ވައިކަރަދޫގެ ދަރިވަރުންނެވެ.

މުޅި މުބާރާތުގެ އެއްވަނަ ހާސިލް ކޮށްގެން އަސްކޮއި ހައްޖު އުމްރާއިން ދޭ އުމުރު ދާތުރު ލިބިފައިވަނީ ފައިހާ ޢަބްދުﷲ އަޤީލްއެވެ. އެވެސް ވައިކަރަދޫ ދަރިވަރަކެވެ.

- ކޮމެންޓް