Advertisement
ކ. މާލެ
|
13 މާރޗް 2017 | ހޯމަ 21:41
މީޑިއާ ކައުންސިލްގެ މެމްބަރުން
މީޑިއާ ކައުންސިލްގެ މެމްބަރުން
އެޗްއާރްސީއެމް
އެޗްއާރުސީއެމް
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
އެކަން ހުއްޓުވުމަކަށް ގެނައުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ

ރާއްޖޭގެ ބައެއް މީޑިއާތަކުން ބަރަހަނާ މަންޒަރާއި ޖިންިސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިއްވަރު ލިބިދޭ ފަދަ ވާހަކަތައް ގެނެސްދޭ ކަމަށާއި އެފަދަ ކަންތައްތައް ހުއްޓާލަން ޖެހޭ ކަމަށް ހިއުމަން ރައިސްޓް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއާރުސީމްގެ ނައިބް ރައީސް ޝިފާގް މުފީދު ވިދާޅުވީ ބައެއް މީޑިއާތަކުން މީޑިއާ ކައުންސިލްގެ މީޑިއާ ކޯޑް އޮފް އެތިކްސްގެ 9 ވަނަ މާއްދާ އަށް ހިލާފަށް ބައެއް ޚަބަރުތައް ގެނެސް ދެމުންދާ ކަމަށާއި އެގޮތުން ޝިފާގް ވިދާޅުވީ އެ މާއްދާގައި ބުނާ ގޮތުން ބަރަހާ މަންޒަރާއި ޖިންިސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިއްވަރުދޭ ވާހަކަތަކާއި އެފަދަ ކަމެއް ސިފަކޮށްދޭ މަންޒަރުތަކަށް ގެނެސްދިނުމާ މީޑިއާތަކުން ދުރުހެލިވާން ޖެހޭނެ ކަމަށް ބުނެފައި ވީ ނަމަވެސް އެއާ ހިލާފަށް ބައެއް މީޑިއާތަކުން އަމަލު ކުރަމުންދާ ކަމަށެވެ.

ޝިފާގް ވިދާޅުވި ގޮތުގައި އެފަދަ ހަބަރުތަކާ ވާހަކަތައް ބައެއް މީޑިއާތަކުން ގެނެސް ދެމުންދާ ކަމުގެ ޝަކުވާ އެކޮމިޝަނަށް ލިބިފައިވާ ކަމަށާއި އަދި އެކަމަކީ މުޖުތަމަޢުގެ ވަަރަށް ގިނަ މީހުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ބަރުހަނާ މަންޒަރުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިއްވަރު ލިބިދޭ ގޮތަށް ގެނެސްދީފައި ހުންނަނީ ރާއްޖެއިން ބޭރުގައި ހިނގާ އެފަދަ ހާދިސާތަކާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން ބައެއް ފަހަރު އަންެހުންނާ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ ގޮތްގޮތަށް އެފަދަ ވާހަކަތައް ގެނެސްދީފައިވާ ކަމަށެވެ.

އެގޮތުން އެކަންކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެޗްއާރުސީއެމާއި މީޑިއާ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މީޑިއާ ކައުންސިލާ ބައްދަލުކޮށް އެކަން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޝިފާގް ވިދާޅުވިއެވެ.

ޝިފާގް ވިދާޅުވީ ރާއްޖެއިން ބޭރުގައި ހިނގާ އެފަދަ އަމަލުތަކުގެ ވާހަކައް ގެނެސް ދިނުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއްވެސް ސިފައެއްގައި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދީގެން ނުވާނެ ކަމަށެވެ.

ބަރަހާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ގެނެސްދޭ ކަމަށް ޝިފާގް ވިދާޅުވި ނަމަވެސް އެއީ ކޮން މީޑިއާ އެއް ކަމެއް ޝިފާގް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް