Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 16:27
ގަލޮޅު ރަސްމީ ދަނޑުގައި ބިދޭސީންތަކެއް ކިޔޫ ހަދާފައި
ގަލޮޅު ރަސްމީ ދަނޑުގައި ބިދޭސީންތަކެއް ކިޔޫ ހަދާފައި
ރާއްޖެއެމްވީ
ބިދޭސީންގެ މައްސަލަ
ގަވާއިދާ ހިލާފަށް 105،000 ބިދޭސީން ރާއްޖޭގައި އެބައުޅޭ!
ޕޯސްޕޯޓް ނެތް ބިދޭސީންނަށް އެމީހުން ނިސްބަތްވާ ގައުމުން ޕާސްޕޯޓް ހެއްދުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި
ހަފްތާއަކު 10 ޕާސްޕޯޓް ވެސް ނުހެއްދޭ

ގަވާއިދާ ހިލާފަށް ރާއްޖޭގައި 105،000 އެއްހާ ބިދޭސީން ރާއްޖޭގައި އުޅެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަަލަ ދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ޝަރީފް ވިދާޅުވީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަދަދު 60،000 އާއި 105،000 އާ ދެމެދުގެ އަދަދަކަށް އަރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ޕާސްޕޯޓް ނެތް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަލާއިރު ބޮޑެތި ގޮންޖެހުންތައް ކަމާބެހޭ އިދާރާތަކަށް ކުރިމަތި ވެފައިވާ ކަމަށެވެ. އަދި ބިދޭސީންގެ ޕާސްޕޯޓް ހެދުމަށް އެމީހުން ނިސްބަތްވާ އެގައުމުތަކުގައި އެދިގެން، ހަފްތާއަކު 10 ޕާސްޕޯޓްވެސް ނުހެއްދޭ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

Advertisement

ސަރީފް ވިދާޅުވީ ރާއްޖޭގައި އުޅޭ ޕާސްޕޯޓް ނެތް ބިދޭސީންނަށް އެގައުމުތަކުން ޕޯސްޕޯޓް ހެއްދުމަށް ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އެންމެ ގިނައިން އުޅެނީ ބަންލަދޭޝް މީހުންނެވެ. އަދި ޕާސްޕޯޓް ނެތް ހުރިހާ އެންމެ ކަހަލަގޮތަށް ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
16 އޮކްޓޯބަރ 2019 | ބުދަ 19:23
ސާލު
އެހެންވީމަ ގޯހެއްނޫން އަނެންހެން އޯކޭވާނެ??