Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 09:28
އިބްރާހީމް ރަޝީދު
އިބްރާހީމް ރަޝީދު
ރާއްޖެ އޮންލައިން
ފަލަ ސުރުހީ
މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހައި އަތޮޅެއް ވިނަވި ޕޯޓަލްއާ ގުޅާލެވޭނެ: އާސަންދަ
ވިނަވި ޕޯޓަލްގެ ސަބަބުން ހިދުމަތް އަވަސް ވެގެންދާނެ

މިމަހުގެ 20 ވަނަ ދުވަހު ނިޔަލަށް ރާއްޖޭގެ ހުރިހައި އަތޮޅެއް ވިނަވި ޕޯޓަލްއާ ގުޅާ ނިންމާލެވޭނެކަމަށް އާސަންދައިގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އިބްރާހީމް ރަޝީދު ވިދާޅުވީ ވިނަވި ޕޯޓަލްގެ ޒަރިއްޔާއިން މުޅި ރާއްޖެ ގުޅުވައިލުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި، އެންމެ ފަހު އަތޮޅު ކަމަށްވާ ލ. އަތޮޅުގެ މަސައްކަތް އޮކްޓޯބަރ 20 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށެވެ.

"މި ވަގުތު ވެސް އަޅުގަނޑުމެންގެ ޓީމެއް ތ. އަތޮޅުގައި މަސައްކަތް ކުރަމުން އެބަދޭ މިއަދު ތ. އަތޮޅު ނިމޭނެ. ދެން އެބޭފުޅުން ވަޑައިގަންނަވާނީ އަތޮޅު ތެރޭގެ އެންމެ ފަހު އަތޮޅަށް އެއީ ލ. އަތޮޅު. އޭރުން އަތޮޅު ތެރޭގެ ހުރިހާ ތަނެއް ކަވަރވީ. އޭރަށް ރިއަލް ޓައިމްގަ ބޭސް ލިއާއިރު އަޅުގަނޑުމެން އޮފީހުގައި ތިބޭއިރު ފެންނާނެ. އޭރުން ލީކޭޖް ކުޑަވެގެންދާނެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއް."
އާސަަންދަ ކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ރަޝީދު

އިބްރާހީމް ރަޝީދު އިތުރަށް ވިދާޅުވީ މާލޭގެ އައިޖީއެމްއެޗް އާއި އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލް ފިޔަވާ ދެންހުރި ހުރިހާ ހޮސްޕިޓަލްތަކާއި ކްލިނިކްތައް މި ޕޯޓަލް އަށް ވަދެވިފައި ކަމަށެވެ. އަދި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ އިން މި ޕޯޓަލްއަށް ވަރަށް އަވަހަށް ގުޅާލެވޭނެކަމަށެވެ.

"އައިޖީއެމްއެޗުން ވެސް ޔަގީން ކަން ދީފައިވަނީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން މި ޕޯޓަލްއަށް ވަންނާނެ ކަމުގެ އަދި ހުޅުމާލެ ހޮސްޕިޓަލް ވެސް މި މަހު 25 ގެ ކުރިން މި ވިއުގައިގެ ތެރެއަށް ވަންނާނެ. އަދި އޭޑީކޭ ވެސް ދެ ދުވަސް ތެރޭގައި ނުވަތަ ތިން ދުވަސް ތެރޭގައި ވިނަވިއާ ގުޅިގެންދާނެ. "
އާސަަންދަ ކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ރަޝީދު

ސަރުކާރުގެ ސިޔާސަތަކީ ޞިއްޙި ޚިދުމަތްދޭ ހުރިހައި ތަނެއް އެއްވިއުގައަކުން ގުޅާލުމެވެ. އެގޮތުން "ވިނަވި" އަކީ "ހުސްނުވާ އާސަންދ ސްކީމްގެ ދަށުން ދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދްމަތް ލިބިގަތުމުގައި ލުއި ފަސޭހަތަކެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައި ފަރުމާކުރެވިފައިވާ ޕޯޓަލްއެއް ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

މި ޕޯޓަލްގައި ބަލިމީހާ ޑޮކްޓަރަށް ދައްކަން މެމޯ ހައްދާ ހިސާބުން ފެށިގެން ބަލިމީހާގެ ފަރުވާ ނިމެންދެން މަޢުލޫމާތު ރައްކާކުރެވިފައި ހުންނާނެކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް