Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 22:34
އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ބްލޮގަރ ޔާމިން ރަޝީދު
އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ބްލޮގަރ ޔާމިން ރަޝީދު
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދުގެ ޝަރީއަތް: ސީސީޓީވީއިން ހައިޝަމްގެ ފިންގަރޕްރިންޓް ފެނުނު
ފިންގަރޕްރިންޓް ދިމާވާކަމަށް ހެކިބަސް ދީފައިވަނީ އެ ފިންގަރޕްރިންޓްގެ އެނަލިސިސް ހެދި ފުލުސް މީހާ
މައްސަލައިގައި ހިމެނޭ އެހެން މީހުންގެ ފިންގަރޕްރިންޓާ ދިމާވޭތޯ ވެސް ބަލާފައިވޭ

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު ދިރިއުޅެމުން ދިޔަ މ. ސްޕެޓިއުލާ ގޭގެ ލިފްޓް ކެމެރާއިން ނެގި ފިންގަރޕްރިންޓާއި، އެ މައްސަލަައިގައި ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފިންގަރޕްރިންޓްއާ ދިމާވާކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

އަންގާރަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން އެ ދެ ފިންގަރޕްރިންޓް ދިމާވާކަމަށް ހެކިބަސް ދީފައިވަނީ އެ މައްސަލާގައި ފިންގަރޕްރިންޓް އެނަލިސިސް ހެދި ފުލުހުންގެ އޮފިސަރު އަދުހަމް އަލީ އެވެ. އަދުހަމް ބުނެފައިވަނީ، ކެމެރާއިން ނެގި ފިންގަރޕްރިންޓާއި ހައިޝަމްގެ ފިންގަރޕްރިންޓްގެ 14 ސިފައެއް އެއްގޮތް ކަމަށެވެ. އާންމު ގޮތެއްގައި ރާއްޖޭގައި ފިންގަރޕްރިންޓް އެއްގޮތް ކަމަށް ކަނޑައަޅާ މިންގަނޑަކީ އަށް ސިފަކަމަށް އަދުހަމް ބުނެފައިވެއެވެ.

އަދުހަމް އިތުރަށް ބުނެފައިވަނީ، އެ ސީސީޓީވީއިން ނެގި ފިންގަރްޕްރިންޓާ، މި މައްސަލައިގައި ޝާމިލްވާ ހުރިހާ އެންމެންގެ ފިންގަރޕްރިންޓާ އަޅާކިޔާފައިވާ ކަމަށެވެ. މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ ހައިޝަމާއިި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އަދުހަމްއަކީ ޔާމީން ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ހުރި ކެމެރާއިން ފިންގަރޕްރިންޓް ނެގި ފުލުސް އޮފިސަރެވެ.

Advertisement

މި މައްސަލައިގައި އަންގާރަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދެން ހެކިބަސް ދިނީ އެވަގުތު އެ ސީނަށް ދިޔަ ސާޖަންޓް ސަރިއްޔާއެވެ. އޭނާ ވަނީ އަދުހަމް ދެއްކި ވާހަކަތަކަށް ބާރުލިބޭ ގޮތަށް ވާހަކަދައްކާފައެވެ. އެގޮތުން އެ ފުލުސް އޮފިސަރު ބުނެފައިވަނީ ޔާމީން ދިރިއުޅުނު ގޭތެރޭގައި ހުރި ކެމެރާއިން ފިންގަރޕްރިންޓް ނެގީ އަދުހަމް ކަމަށެވެ. ޗެއިން އޮފް ކަސްޓަޑީއަށް ދިމާވި މައްސަލައަކާ ގުޅިގެން، ސަރިއްޔާގެ ހެކިބަސް ނެގުމަށް ހައިޝަމްގެ ވަކީލު އިއުތިރާޒް ކުރިއެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ނުކުތާ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

ސަރިއްޔާގެ ހެކިބަހަށް އިއުތިރާޒް ކުރުމުގެ އިތުރަށް، ހައިޝަމްގެ ވަކީލް ވަނީ ދާދި ފަހުން ޝައްކު އުފެދޭ ކަހަލަ ގޮތަކަށް މަރުވެފައި އޮތްވާ ފެނުނު ހައިޝަމްގެ ބޭބޭގެ މަރާމެދު ވެސް ސުވާލު އުފައްދާފައެވެ. އެގޮތުން ހައިޝަމްގެ ވަކީލު ބުނެފައިވަނީ، މި މައްސަލައިގައި ހިމެނޭ ހެކިންނަށް ބިރު ދައްކަމުންދާ ކަމަށް ދައުލަތުން ބުނެފައިވާ ދަނޑިވަޅެއްގައި މި މަރު ހިނގުމުން، އެކަމާއި މެދު ޝައްކު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. އެ އަޑުއެހުމުގައި ވެސް އޮންނާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް