Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 09:58
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
މިނިސްޓްރީ އޮފް ޓޫރިޒަމް
ޓޫރިޒަމް މިނިސްޓަރ
އެއްޕާޓީއަކަށް މިގައުމު ސްޓޭބަލް ކުރެވޭވަރަށް ވުރެ ގައުމު އޮތީ ބައިބައި ވެފައި : އަލީ ވަހީދު
ސަރުކާރު ކޯލިޝަނުން ޖޭޕީ ވަކިވާން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި

ރާއްޖޭގެ ސިޔާސީ މަސްރަހުގެ މާޒީއަށް ބަލާއިރު އެއްޕާޓީއަކަށް މިގައުމު ހަމަމަގަށް އެޅުވުމަށް ވުރެން ގައުމު އޮތީ ބައިބައިވެފައި ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ ދެޕާޓީގެ ޚިޔާލު އެއްގޮތް ނޫން ކަންކަން ދިމާވާނެ ކަމަށާއި ނަމަވެސް ޒާތީވާން ނުޖެހޭ ކަމަށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ސަރުކާރުން ނެރެން ނުޖެހޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Advertisement

މިއަދު ހުރިހާ ޕާޓީތަކެއް އެއްކޮށް ތިބެމުގެ އަސްލަކީ ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންގެ ހުރި އަމިއްލަގޮތްތައް ދޫކުރައްވާ އެކުގައި މަސައްކަތް ކުރެއްވުންކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ. އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވި ކަމުގައި ވީނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށެވެ.

ސިޔާސީ ހަޔާތުގައި ކެބިނެޓް މަސައްކަތް ކުރެއްވުމުގެ ފުރުސަތު ދެއްވީ ރައީސް އިބްރާހިމް.އެމަނިކުފާނާއި އެކު ސިޔަސީ މަސައްކަތް ކުރެވެން އޮތްހާ ހިނދަކު އަޅުގަނޑު އެމަނިކުފާނާއި އެކު އިޚްލާސްތެރިކަމާއި އެކު މަސައްކަތް ކުރާނަން
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން ޖޭޕީ ވަކިވާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ.

"ކްރޮސްރޯޑް" ގެ ގޮތުގައި ޖޭޕީ ސިފަ ކުރައްވާ އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގައި އެކި ޕަޓީތަކުން އައިސް ތިބި އެކިވައްތަރުގެ ބޭފުޅުން ތިއްބަވާނެ ކަމަށެވެ.

އެވެދާނެ ގާސިމް އިބްރާހިމްގެ ސިޔާސީ ވިސްނުމުގެ އެންމެ ސްމާޓްވުން ކަމަށްވެސް ،އެ ބައެއް ހަފަރު ވެދާނެ ގާސިމްގެ ހާށް ވޯކްގައި ގާސިމްއަށް ދެވޭ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ޖޭޕީގެ ރައީސް ކަންވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވީ ގާސިމަށް ފާޑު ކިޔަން ބޭނުން ނުވާ ކަމަށާއި އެމަނިކުފާނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ މި ސަރުކާރު ގެންނަންވެސް ވަރަށް ބޮޑު ގުރުބާނީއެއްވި ބޭފުޅެއް ކަމަށެވެ.

ދަރިފުޅު ޖަލަށްލެއްވި އިރުވެސް އަމާން ނުދެއްވި. އެކަންވެސް ހަނދާން ކުރަންޖެހޭ. ކޮންމެ ޕަޓީ އެއްވިޔަސް ދޭ އާ އޯވަރ ސެކްރިފައިސްޑް"
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
15 އޮކްޓޯބަރ 2019 | އަންގާރަ 11:28
ޙަބީބު.
ގާސިމު ތިޔަބުނާ ބުރަމަސަތްކަތް ކުރީ ދައުލަތައް ދައްކަންޖެހޭ ފައިސާ ނުދައްކަން އެކަން ވެ ފައޮތީ