Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 10:49
ރައުޝަން ޖިއާންގެ އާއިލާ
ރައުޝަން ޖިއާންގެ އާއިލާ
ރާއްޖެއެމްވީ
ޖިއާން މަރުގެ މައްސަލަ
ޖިއާންގެ މަރުގެ މައްސަލައިގައި ހުކުމް އިއްވުން ފަސްކޮށްފި
ދައުލަތުން ހަ މީހަކަށް ވަނީ ދައުވާ އުފުލާފައި
ދެ ދިވެހިންނާއި، އިންޑިއާ ރައްޔިތަކު ވަނީ ދައުވާއަށް އިންކާރުކޮށްފައި

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ހަ މީހަކަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.

ޖިއާން މަރުވި މައްސަލައިގައި ހަ މީހަކަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ އެ މައްސަލައިގެ ހުކުމް ހޯމަ ދުވަހު އިއްވާނެ ކަމަށް އިއުލާންކޮށްފައެވެ. ނަމަވެސް ހުކުމް އިއްވުން އޮތީ މިހާރު ފަސްކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ހުކުމް ކުރާ ގޮތަށް ހަމަޖެހިފައިއޮތީ މިމަހުގެ ފަހުކޮޅެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވަން ޖެހޭނެ އެވެ.

Advertisement

އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހާން އަދި ގުލަމް މުހައްމަދުގެ އިތުރުން ދެ ދިވެހިން ކަމަށްވާ ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގްގެ މައްޗަށެވެ.

އޭގެ ތެރެއިން ރައްޖާވް އަލީ އާއި މުުތުމަނި ރަމަޗަންދުރަންގެ މައްޗަށް ދައުވާކޮށްފައި ވަނީ، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އަދި ކެޝަރިލަލް ޗަައުހަން މައްޗަށް ދައުވާކޮށްފައި ވަނީ ނުރައްކަލެއްގައިވާ މީހާއަށް ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުދިނުމުގެ ކުށުގެ ދައުވާއެވެ. އެ މީހުންގެ ތެރެއިން ރައްޖާވް އަލީއަކީ ސިމެންތި ބަސްތާ ވެއްޓުނުއިރު، ވިންޗު އޮޕަރޭޓްކުރަން ހުރި މީހާއެވެ.

އިންޑިއާ ތިން ރައްޔިތަކު ކުށަށް އިއުތިރާފްވިނަމަވެސް، ދައުވާ ލިބޭ ހަތަވަރު ވަނަ އިންޑިއާ މީހާ އާއި ދެ ދިވެހިން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ދެދިވެހިންނަށް އުފުލީ، މީހަކު މަރުވެ ދިއުއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. މޫސާ ހަސަންއަކީ ޑަބްލިއު ކޮންސްޓަކްޝަން ކުންފުނީގެ ސީނިއަރ ސައިޓް ސުޕަވައިޒަރެކެވެ. އަދި އާދަމް ޝަފީގަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް