Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 10:50
މީރާ
މީރާ
މުހައްމަދު ޝަރުހާން
މީރާ
މިދިއަ މަހު މީރާއަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވޭ، އޭގެ ދެ ބައިކުޅައެއްބަޔަކީ ޖީއެސްޓީން ލިބުނު އާމްދަނީ
މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހާއަޅާބަލާއިރު ލިބުނު އާމްދަނީ 3.2 އިންސައްތަ ދަށް
ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 13 އިންސައްތަ ދަށްވެފައިވޭ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ ސެޕްޓެމްބަރު މަހު 1.2 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާއިރު، އޭގެ ދެބައިކުޅައެއްބަޔަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާއިން އާންމުކުރި، ނިމުނު ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މީރާއަށް މިދިޔަ މަހު ލިބުނު 1.2 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން ޖީއެސްޓީގެ ގޮތުގައި 519 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ނަމަވެސް މިރާގެ ތަފާސްހިސާބު ދައްކާގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު މީރާ އަށް ލިބުނު އާމްދަނީ ވަނީ 3.2 އިންސައްތަ ދަށްވެފަ އެވެ. މީރާގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މީރާ އިން މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ޓެކުހުގެ އާމްދަނީ ވަނީ 13 އިންސައްތަ ދަށަށް ގޮސްފަ އެވެ.

Advertisement

މިދިއަ ސެޕްޓެމްބަރު މަހު، ޖީއެސްޓީ ނެގުމަށްފަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލިންނެވެ. އެގޮތުން ބިމު ކުލީގެ ގޮތުގައި 328.79 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުންދާ ގްރީން ޓެކުހުގެ ގޮތުގައި 74.34 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް