Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 22:20
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރާއްޖެ އެމްވީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ
ހުސްވެފައިވާ އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އިންތިހާބު އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހު
ކުރިމަތިލައްވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ފޯމް ހުށައަޅަންޖެހޭ
އެމްޑީޕީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ) ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމް ހުސްވެފައިވާތީ އެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަން ބޭނުންފުޅުވާ އެއ ޕާޓީގެ މެންބަރުން ޕާޓީގެ އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ހުރިހާ ލިޔެކިޔުންތަކާއެކު މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޕާޓީ އަށް ފޯމް ހުށައެޅުމަށެވެ. އަދި މެއިލް މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭފޯމް އެމްޑީޕީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެވެބްސައިޓުންލިބެން ހުންނާނެއެވެ.

Advertisement

އެމްޑީޕގެ ރައީސް އަދި ނައިބް ރައީސް އަކު ހޯދަން އިއުލާން ކޮށްފައިވާއިރު، މިހާތަނަށް އެ ޕާޓީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ނައިބް ރައީސް ކަމުގެ މަގާމުގައި ފުރުއްވަމުން ގެންދެވީ، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުން ނަމަ އެޕާޓީގެ އެންމެ އިސްފަރާތްތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ އެމްޑީޕީގައި ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް 53،590 މެމްބަރުން ރަޖިސްޓްރީ ވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
15 އޮކްޓޯބަރ 2019 | އަންގާރަ 15:20
ޙެޔޮބޭބެ
ލާދީނީ ބަޔަކު އުޅޭކަން ދަންނާތި ވޯޓު އަޅާއިރު.