Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 18:13
ބްރޯޑްކޮމްގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވަނީ، ގާނޫނާ ހިލާފު ގިނަ ނިންމުންތަކެއް ނިންމާފައިވޭ--
ބްރޯޑްކޮމްގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވަނީ، ގާނޫނާ ހިލާފު ގިނަ ނިންމުންތަކެއް ނިންމާފައިވޭ--
ޝުއައިބް މުހައްމަދު އިގްބާލް
ބްރޯޑްކޮމް
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއުކުރުން އަންނަ މަހު 4، 5 އަދި 6 ގައި
އިންޓަވިއު ކުރުން ނޮވެމްބަރު، 4، 5 އަދި 6 ވަނަ ދުވަހު
ބްރޯޑްކޮމްގެ މެމްބަރުކަމަށް 36 ފަރާތެއް ކުރިމަތިލާފައިވޭ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާއި އިންޓަވިއު ކުރުން އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެކޮމެޓީން ނިންމާފައިވަނީ ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ 36 ބޭފުޅުންނާ އިންޓަވިއު ކުރުމަށް އަންނަ މަހުގެ 4، 5 އަދި 6 ވަނަ ދުވަހު ކުރިއަށްގެންދިއުމަށެވެ.

ބްރޯޑްކޮމްގެ ދެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކަކީ:

1. އައިޝަތު ޝިފްލާ އިބްރާހިމް

2. މުހައްމަދު ހިލްމީ

3. އަހުމަދު ގައިސް

4. އަލީ ޔޫސުފް

5. އާމިލާ އާދަމް

6. އަހްމަދު ފައިރޫޒް

7. ޖައުފަރު ރަޝީދު

8. އައިޝަތު ދިޔާނާ ތޯހިރު

9. ސައުދާ ސަލީމް

10. ނަފީޒު މުހައްމަދު

11. އަބްދުއް ލަތީފް އަހްމަދު

12. ޔުސްރާ އަހުމަދު

13. އަހްމަދު އަޝްރަފް

14. އަބްދުﷲ ރައްޔާން

15. އާއިޝަތު ލީޒާ

16. އަހްމަދު ޔަމާން މުޝްތާގު

17. މޫސާ ރިލްވާން

18. އިބްރާހިމް ޝަރީފް

Advertisement

19. މުއުމިނާ އާދަމް

20. އަލީ ސައްމާން

21. އަހްމަދު މައުރޫފް

22. އައިޝަތު ހުސެއިން މަނިކު

23. ފާތިނާ ގާސިމް

24. މުހައްމަދު ޝައްމޫން

25. ހިދާޔަތުﷲ

26. އައިޝަތު ތަޝްކީލް

27. އިސްމާއިލް ސާޖިދު

28. ހައްމަދު ސަނޫން

29. އަލީ ސައީދު

30. މުހައްމަދު ސައުޒަމް

31. އިބްރާހިމް ހަމްޒާ ޚަލީލް

32. މުހައްމަދު އިބްރާހިމް މަނިކު

33. މަރިޔަމް ސައާދާ

34. އާފިޔާ އަބްދުލް އަޒީޒް

35. އިބްރާހިމް ނަޝީދު

36. މުހައްމަދު ފަރުހާދު

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވުނީ އެކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަބްދުﷲ ސޮފްވާން އާއި އެކޮމިޝަނުގެ މެމްބަރު ހަސަން ނަބާހު އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އެ ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަގާމެއް ހުސްވެފައިވާތީ އެވެ.

އެ ދެ މަގާމުގެ އިތުރުން އެކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އެކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރަން މަޖިލީހުގައި ތާވަލްކޮށްފައިވަނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ހޯމަ ދުވަހު ބޭއްވި މަޖިލީހުން ވަނީ އެކޮމިޝަނުގެ މިހާރުގެ ނާއިބު ރައީސް ފާތިމަތު ޒައިނާ އެކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރަން ފާސްކޮށްފަ އެވެ.

ބްރޯޑްކޮމްގައި ޖުމްލަ 7 މެމްބަރުން ތިއްބަވަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް