Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 16:20
މަސައްކަތު ބައްދަލުވުމުގެ ތެރެއިން
މަސައްކަތު ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
ޓޫރިޒަމް މިނިސްޓްރީ
ނިރުބަވެރި ހަމަލާއަކުން ޓުއަރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ މަސައްކަތު ބައްދަލުވުން ފަށައިފި
ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ
މިމަހުގެ 14 އިން 15 އަށް ކުރިއަށް ގެންދާ ބައްދަލުވުމެއް
މިބައްދަލުވުމުގައި 39 ފަރާތަކުން ބައިވެރިވޭ

ނިރުބަވެރި ހަމަލާއަކުން ރާއްޖޭގެ ޓުއަރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރިސޯޓްތަކުގައި މަސައްކަތްކުރާ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުންނަށް އަމާޒުކޮށްގެން "ރިސޯޓް ސެކިއުރިޓީ ރެސްޕޯންސް މެނޭޖްމަންޓް ވަރކްޝޮޕް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

އޮކްޓޫބަރު 14 ން 15 އަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ ނިރުބަވެރި މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

އެގޮތުން، ނިރުބަވެރި ހަމަލާއެއް ރިސޯޓެއްގައި ދީފިނަމަ އަމަލުކުރުމަށް ހަދާފައިވާ އުސޫލްތަކުގައި ހުރި ހަރުދަނާކަމާއި ދޭސީކަމާއި، އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރަން ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެއާއެކު، ނިރުބަވެރި ހަމަލާތަކުން ރައްކާތެރިވެ އެފަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، ނިރުބަވެރި ހަމަލާއެއް ކާމިޔާބުކަމާއެކު ދީފި ހާލަތުގައި، ހާދިސާއަށް ފަހު އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ އިސް ވެރިންނާއި އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ" ޕްރޮޖެކްޓްގެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެލެއްވިއެވެ.

މިމަސައްކަތު ބައްދަލުވުމުގައި އެކި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުން ހިމެނޭގޮތުން ޖުމްލަ 39 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް