ކ. މާލެ
|
13 މާރޗް 2017 | ހޯމަ 18:40
އީމާން އަހްމަދު އަބްދު އަލް އަޓީ ޖެނުއަރީމަހު އިންޑިއާއަށް ބަދަލުވީ އިރު އޭނާގެ ގައިގައި 500 ކިލޯގްރާމް ހުރި
އީމާން އަހްމަދު އަބްދު އަލް އަޓީ ޖެނުއަރީމަހު އިންޑިއާއަށް ބަދަލުވީ އިރު އޭނާގެ ގައިގައި 500 ކިލޯގްރާމް ހުރި
ބީބީސީ
އެންމެ ބަރު އަންހެނާ ބަރުދަން
އެންމެ ބަރު އަންހެނާގެ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނެއް ކޮށްފި
 
އޭނާ އިންޑިއާއަށް ގެނައި ފަހުން 100 ކިލޯ ލުއިކޮށްފައިވޭ

ދުނިޔޭގެ އެންމެ ބަރު އަންހެނާކަމަށް ބެލެވޭ މިސްރުގެ އަންހެން މީހާ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނެއް ކޮށްފިއެވެ

އުމުރުން 36 އަހަރުގެ އީމާން އަހްމަދު އަބްދުލް އާތީ ޖެނުއަރީ މަހު އިންޑިއާއަށް ބަދަލުވި އިރު އޭނާގެ ގައިގައި 500 ކިލޯގްރާމް ހުއްޓެވެ.

މުމްބާއީގެ ސައިފީ ހޮސްޕިޓަލުގެ ތަރުޖަމާނު ވިދާޅުވީ އޭނާ އިންޑިއާއަށް ގެނައި ފަހުން 100 ކިލޯ ލުއިކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އޭނާ ވީހާ ވެސް އަވަހަކަށް ފުރޭނެ ވަރަށް ފިޓްކޮށް ދެވޭތޯ" ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

އޭނާގެ އާއިލާއިން ބުނެފައި ވަނީ މުމްބާއީއަށް އޭނާ ގެނައުމާ ހަމައަށް ވޭތުވެ ދިޔަ 25 އަހަރު އޭނާ ގެއިން ނުނިކުންނަ ކަމަށެވެ.

ހޮސްޕިޓަލުގެ ތަރުޖަމާނު ބީބީސީގައި ބުނީ ކުރިޔަށް އޮތް މަސްތަކުގައި އޭނާއަށް އިތުރަށް ބަރުދަން ލުއިކުރެވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އޭނާގެ އޮޕަރޭޝަން ކޮށްފައިވަނީ ބެރިއެޓެރިކް ސާޖަން، ޑރ. މުއްފަޒަލް ލަކްޑަވާލާ އިސްކޮށް ހުންނަވައިގެން ޑޮކްޓަރުންގެ ޓީމަކުންނެވެ.

ބެރިއެޓެރިކް ސާޖަރީއަކީ ބޮޑީމާސް އިންޑެކްސް 40 ނުވަތަ އެއަށްވުރެ މަތިވެ ނުވަތަ ބޮޑީމާސް އިންޑެކްސް 35 އަށް ވުރެ މަތިވުމާ އެކު ސިއްހީ ހާލަތަށް ބަލައިކުރާ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް