އިނގިރޭސި އެފްއޭކަޕްގެ ކުއާޓަރ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން ހޯމަ ދުވަހުގެ ރޭ ނުކުންނައިރު، އެޓީމަށް ސްޓްރައިކަރުންގެ ގޮންޖެހުމާއި ކުރިމަތިލާން ޖެހިއްޖެއެވެ.
އެފްއޭކަޕްގެ ކުއާޓަރ ފައިނަލްގައި ޔުނައިޓެޑާއި އެންމެ ވާދަވެރި ޗެލްސީއާ ދެކޮޅަށް ނުކުންނައިރު އެޓީމުގެ އެންމެ ކުރިއަށް ކުޅޭ ގިނަ ކުޅުންތެރިންނަކަށް ނުކުޅެވެއެވެ.
އެގޮތުން ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީއަށް އަނިޔާވެފައިވާއިރު، އެޓީމުގެ ޙަމަލާތައް އުފެއްދުމުގައި އެންމެ އިސްރޯލެއް އަދާކުރާ ލާޓަން އިބްތރަހިމޮވިޗް ހުރީ ތިން މެޗަށް ސަސްޕެންޑްކޮށްފައެވެ.
މީގެ އިތުރުން ރަޝްފޯޑް އަދި މާޝިއަލްއަށް ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރޫނީއަށް އަނިޔާގެ މައްސަލަ ކުރިމަތިވީ ޕްރެކްޓިސްއެއްގެ ތެރޭގައި ފިލް ޖޯންސް އާ ދެކުޅުންތެރިން ދެމެދުގައި ހިނގި އެކްސިޑެންޓެއްގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝްފޯޑަށް މިމެޗުގައި ނުކުޅެވެނީ އޭނާ ބަލިވެ އުޅޭތީއެވެ. ނަމަވެސް ފަހު ވަގުތު އޭނާ ފެނުމަކީ ގާތްކަމެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ޗެލްސީއަށް ދެކޮޅަށް އެފްއޭކަޕްގައި ޔުނައިޓެޑުން ކުޅޭ މެޗަށް އެޓީމު ދާނީ ސީނިއާ އެއްވެސް ސްޓަރައިކަރެއް ނުހިމަނައެވެ.