ވިސްނުންތެރިކަމާއި އެކު ކަންކަން ނުކޮށްފިނަމަ ދިވެހިރާއްޖެ ހަނގުރާމައިގެ ތެރެއަށް ވެއްޓިދާނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެރޭ އަހުމަދިއްޔާ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޓީވީތަކުން ފެންނަ ފަދައިން މި މާލެ ހަނގުރާމައިގެ ތެރެއަށް ވެއްޓިދާ މަންޒަރު ނުފެންނާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.
ތިބޭފުޅުންނަށް ޓީވީން ތާއަބަދު ފެންނަމުންދާނެ ރީތިކޮށް ހުންނަ ގައުމުތައް ދެން ފެންނަން ހުންނަނީ ބަޑިވަޅުން ފުރިފައި ހުންނަނަ ދެބައިކުޅާ އެއްބަޔަށް ވެއްޓީފައި ހުންނަ އިމާރާތްތަކެއް.ގާތަށް އެތައް މިތަނަށް އުކިފައި ސަފުސަފަށް ނިކަމެތި ރައްޔިތުން ސަހަރު ސަހަރު ސިޓީ ޓައުން ދޫކޮށް އެތައް މިތަނަށް ހިނގާތަން.ބިކަހާލުގައި ކުޑަކުދިން މައިންބައިންގެ އުރުގައި ރޮމުންދާތަންރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ބުއްދިވެރި ކަމާއި، ވިސްނުންތެރިކަމާއި އެކުގައި ކަންކަން ނުގެންގޮސްފިނަމަ ޚަރާބުގެ އައްސޭރިއަށް މި ޖީލު ގޮސްދާނެ ކަމަށް ފެނިވަޑާއިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެއްގޮތަކަށް ވެސް އަޅުގަނޑު ދަންނަވާނީ ހިތަށް ނަރުވައްޗޭ އެމަންޒަރު މި މާލެއިން ނުފެނިދާނެ ކަމަށް. ވަރަށް ބުއްދިވެރި ކަމާއި އެކީގައި ވަރަށް ވިސްނުންތެރިކަމާއި އެކީގައި އަޅުގަނޑުމެންގެ ކަންކަން ނުގެންގޮސްފިނަމަ އަޅުގަނޑަށް ފެންނަ ފެނުމުގައި މިހަރާބުގެ އައްސޭރިއަށް ތިބޭފުޅުންގެ ޖީލު ގޮސްދާނެރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ މި ގައުމު އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށާއި ސަލާމަތުގެ އައްސޭރިއަކަށް މި ގައުމު ގެންގޮސްދިނުން އެއީ ފަރުދީ ޒިންމާއެއް ކަމަށެވެ.
ގައުމުގެ މިސްރާބު މިއަދު އޮތީ އަޅުގަނޑުމެން ނިންމާ ނިންމުންތަކެއްގެ މައްޗަށް ކަމަށާއި އެގޮތުން ރަނގަޅާއި ނުބައި ބުނެދޭން އެތައް ބަޔަކު ނުކުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން ނިންމާ ނިންމުން ބަޔާން ކޮށްދޭނީ އަޅުގަނޑުމެންގެ ގައުމުދާނެ ތަން.ތިބޭފުޅުންގެ ދިރިއުޅުމަށް ވާނެ ގޮތް ތިބެފުޅުން ތި ދެކޭ ރަނަގަޅުގައި އުޅެވިދާނެތޯ އެއީ ގޯހަށް މާދަން ބަދަލުވެ ހިނގައިދާނެތޯ. އެގޯހާއި ޖަދަލުކުރާންވެގެން ކތެންމެ ބަޔަކު ނުކުންނާނެ.އަދި އެ ރަނަގޅު ބުނެދޭންވެގެންވެސް އެތައް ބަޔަކު ނުކުންނާނެރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މީގެ އިތުރުން ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް ވަރަށް އަނިޔާވެރި ވާހަކަ ދައްކަން ފަށާފައިވާ ކަމަށެވެ.
އޭނާ އެއީ ގޯސްމީހަކަށް ވާތީ އޭނާއަށް ހަދަން ޖެހޭ ގޮތަކީ މިއީއޭ އެކަމު އޭނާ ދެކި ހޔުރީ ހަގީގަތުގައި އޭނާ އަކީ ރަނގަޅު މީހާ ކަމަށް،އަދި އެތައް ކިތެންމެ ބައެއްވެސް އެބަދެކޭ އެނާ އަކީ ރަނގަޅު މީހެއްކަމަށް ޚިޔާލު ތަފާތު ވާނެ، ރަނގަޅާއި ނުބައިވެސް އެކި މީހުން އެކި ގޮތަށް ދެކޭނެރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ނަމަވެސް އެ ޚިޔާލު ތަފާތުވުން ތަކާއި އެކުގައި އެންމެނަށް އެކުގައި އުޅެވެން ޖެހޭނެކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުމެން އެންމެނަށް އެކެއްގެ ޚިޔާލު އެއީ ހަޖަމް ނުކުރެވޭ ޚިޔާލެއް ކަމަށްވެ އެއާއި އެކީގައި ނޫޅޭވޭ ތަނަށް ދިޔައިމާއެއީ ޚިޔާލް ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބު.އެއީ އަޅުގަނޑުމެން ދާން ބޭނުންވާނެ ތަނެއް ނޫންރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އެގޮތުން ހިޔާލު ތަފާތުވިއަސް އެކުގައި އުޅެވެން ޖެހޭނެކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އަހުމަދިއްޔާގެ ދަރިވަރުންނަށް ނަސޭހްވެސް ދެއްވާފައެވެ.