Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 07:11
އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޙަރަކާތްތައް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ ބައްލަވައިލައްވާފައި
އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޙަރަކާތްތައް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ ބައްލަވައިލައްވާފައި
ރައީސް އޮފީސް
އަންހެންކުދިންގެ ދުވަސް
އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޙަރަކާތްތައް ފަސްޓް ލޭޑީ ބައްލައިލައްވައިފި
ޒުންބާއާއި، ސަރފިންގއާއި، ޔޯގާއާއި ސްކޭޓިން ފަދަ ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައި

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ބ. ގޮއިދޫގައި ކުރިޔަށްގެންދިޔަ ޙަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ހޮނިހިރު ދުވަހު ގޮއިދޫގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި 16 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި ގަރލް އެމްޕަވަރމަންޓް ވޯކްޝޮޕްގައި ހިމެނޭ ސެޝަން ތަކުގެ ތެރެއިން "ވައޮލެންސް އެންޑް ހެރޭސްމަންޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސެޝަނާއި "ހެލްތީ ރިލޭޝަންޝިޕް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސެޝަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބައްލަވާލައްވާފައެވެ.

Advertisement

ރާއްޖޭގައި ހުންނަ ޔުނިސެފް އޮފީހާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމުޢިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ސެޝަންތައް ނަގާދީފައި ވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުންނެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވަނީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން ހުރިހާ އުމުރުފުރައެއްގެ އަންހެންކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި ޒުންބާއާއި، ސަރފިންގއާއި، ޔޯގާއާއި ސްކޭޓިން ފަދަ ބައެއް ކުޅިވަރު ޙަރަކާތްތައް ވެސް ބައްލަވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް