ކ. މާލެ
|
13 މާރޗް 2017 | ހޯމަ 17:47
ލަނޑު ޖެހުމަށްފަހު ރާމޯސް އުފާފާޅު ކުރަނީ
ލަނޑު ޖެހުމަށްފަހު ރާމޯސް އުފާފާޅު ކުރަނީ
އޭއެފްޕީ
ރެއާލް އެއްވަނައަށް
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
ރެއާލަށް 2 ޕޮއިންޓްގެ ކުރިއެރުމެއް

ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން މޮޅުވެ ދެ ޕޮއިންޓްގެ ލީޑަކާ އެކު ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.

 

ރެއާލް ތާވަލުގެ އެއްވަނަ އަށް އަރާފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ވާދަވެރި ބާސެލޯނާ ކުޅުނު މެޗުން އެޓީމު ބަލިވުމުންނެވެ.

 

ބާސެލޯނާ ބަލިވީ ރަށުން ބޭރުގައި ޑިޕޯޓިވޯ ލަކަރޫނިއާ އަތުން 2-1 އިންނެވެ.

 

ރެއާލްގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ރެއާލް ބެޓިސް އަތުން އެޓީމު މޮޅުވީ ފަހު ވަގުތު ސާޖިއޯ ރާމޮސް ޖަހައިދިން ލަނޑާއެކު 2-1 އިންނެވެ.

 

މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ރެއާލް ބެޓިސް އިންނެވެ. މިލަނޑު މެޗުގެ 24 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ އެންޓޯނިއޯ ސަނަބްރިއާ އެވެ.

 

ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔަ ލަނޑެކެވެ.

 

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ 12 މިނެޓުކުރިން ރެއާލް ބެޓިސްގެ ކުޅުންތެރިއަކަށް ދެ ރިނދޫ ކާޑް ހަމަވުމާއިއެކު ރަތްކާޑެއް ދައްކާފައިވެއެވެ. އެކަމުގެ ފައިދާ ފަހުވަގުތު ރެއާލް މެޑްރިޑް ލީޑު ނަގައިދިނީ ރެއާލްގެ ކެޕްޓަން ރާމޯސްއެވެ.

 

ބާސެލޯނާއާ ޑިޕޯޓިވޯ ކުޅުނު މެޗުގައި ފުރަތަމަ ލީޑްނެގީ ޑިޕޯޓިވޯ އިންނެވެ.40 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހޮސޭލޫ އެވެ.

 

ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ދެވަނ ހާފްގައެވެ. ދެވަނަ ހާފް ފެށުނުތަނާ ކަހަލަ ގޮތަކަށް މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.

 

އާދިއްތަ ދުވަހުގެ ރޭ ނަތީޖާތަކާއިއެކު ރެއާލް އެއް ވަނަ އަށް ޖެހިލީ 26 މެޗުން 62 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 27 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ރެއާލަށްވުރެ އިތުރަށް އެއްމެޗު ކުޅެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް