Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 23:44
އައްޑޫގައި ފެންބޮޑުވުފައި
އައްޑޫގައި ފެންބޮޑުވުފައި
އެމްއެންޑީއެފް
އައްޑޫ ސިޓީ
އައްޑޫ އަށް ކުރަމުންދާ ވިއްސާރާ: 140 ގެއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި
50 ގެއަކަށް ގެއްލުންވެފައިވޭ
28 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން

ރާއްޖޭގެ އެންމެ ދެކުނުން އޮންނަ، އައްޑޫ ސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރަގައި 140 ގެއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ އަތޮޅުގެ އެންމެ ބޮޑު ރަށް ކަމަށްވާ ހިތަދޫގެ 44 ގެއަށާއި، މަރަދޫގެ ހަތަރު ގެ، މަރަދޫ-ފޭދޫ 12 ގެއަށާއި، ފޭދޫ 43 ގެއެއް އަދި ހުޅުދޫ 10 ގެއެއްގެ އިތުރުން މީދޫ 27 ގެއަކަށެވެ.

Advertisement

ފުލުހުން ބުނީ، މިހާތަނަށް އެހީތެރިކަމަށް އެދިފައިވާ ގެތަކުގެ ތެރެއިން 28 ގެއަކަށް އެހީތެރިކަން އަދި ފޯރުކޮށްދެވިފައިނުވާ ކަމަށާއި، އެހެން ނަމަވެސް ފުލުހުން ދަނީ އެ ގެތަކަށް އަވަދިނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން ދާ ވިއްސާރައިގައި އައްޑޫސީޓީއަށް ބޯކޮށް ވާރޭވެހި މިހާތަނަށް 50 ގެއަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އައްޑޫ ސިޓީގެ ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާއިރު، ހޮނިހިރު ދުވަހު މާލޭގައި ބައެއް ސަރަހައްދުތަކުގައިވެސް ވަނީ ފެންބޮޑުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް