Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 18:10
ހަޓް ސިޓީގެ ކައުންސިލް އަށް ހޮވުނު ޝާޒްލީ
ހަޓް ސިޓީގެ ކައުންސިލް އަށް ހޮވުނު ޝާޒްލީ
ފޭސްބުކް
ނިއުޒިލެންޑް
ނިއުޒިލޭންޑް ގެ ކައުންސިލަށް ދިވެއްސަކު!
ޝާޒްލީ ވަނީ އޭނާ އަށް ވޯޓް އިން އެންމެންނަށް ޝުކުރުއަދާ ކޮށްފަ
ހަޓް ސިޓީގެ ކަންކަން ރަނގަޅު ކުރާނެ ކަމަށް ޝާޒްލީ ވިދާޅުވި

ނިއުޒިލޭންގެ 90 އަށް ވުރެ ގިނަ ސިޓީއަށް ކައުންސިލަރުން ހޮވަން ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ދިވެއްސަކު ވާދަކޮށް އެ އިންތިހާބު އޭނާ ކާމިޔާބުކޮށްފިއެވެ.

ނިއުޒިލޭންޑް ގެ ހަޓް ސިޓީގެ ކައުންސިލް ގޮނޑިއަކަށް ވާދަކޮށް ކާމިޔާބު ކުރެއްވީ، ޝާޒްލީ ރަޝީދެވެ. އޭނާ އާއެކު އެ ސިޓީއަށް އިތުރު އެގާރަ ކައުންސިލަރަކު ހޮވިފައިވެއެވެ.

ނިއުޒިލެންޑްގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ޝާޒްލީ ވަނީ އޭނާ ކައުންސިލް އިންތިހާބު ކާމިޔާބު ކުރިކަން އަންގައި ފޭސްބުކްގައި ޕޯސްޓެއް ވެސް ކުރައްވާފައެވެ. އަދި އޭނާ އަށް އެ އިންތިހާބު ކާމިޔާބު ކުރުމުގެ ފަހަތުގައި ތިބި މީހުންނަށާއި އޭނާ އަށް ވޯޓް ދިން އެންމެހާ ރައްޔިތުންނަށް ޝާޒްލީގެ ޕޯސްޓުގައި ޝުކުރު އަދާ ކޮށްފައިވެއެވެ.

Advertisement

ޝާޒްލީ ވިދާޅުވެފައި ވަނީ ނިއުޒިލޭންޑް ގެ ހަޓް ސިޓީގެ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށެވެ. އަދި ހަޓް ސިޓީގައި ވިޔަފާރިތައް ފުޅާ ކުރުން އެއީ ޝާޒްލީގެ އަމާޒެއް ކަމަށް ކުރިން އޭނާ ވިދާޅުވެފައިވެއެވެ.

ޝާޒްލީ ނިއުޒިލޭންޑް ގައި ދިރިއުޅެމުން ދަނީ އޭނާގެ އާއިލާއާ އެކުއެވެ. ނިއުޒިލެންޑް ގައި ޝާޒްލީ އަންނަނީ އަމިއްލަ ވިޔަފާރިއެއް ވެސް ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
12 އޮކްޓޯބަރ 2019 | ހޮނިހިރު 18:38
ހެއްރަބޭ
ޟަރުހަބާ ޝާޒުލީ