Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 12:51
ދަތުރުވެރިންގެ މާރުކޭޓް
ދަތުރުވެރިންގެ މާރުކޭޓް
ޝުއައިބް މުހައްމަދު އިގްބާލް
މާރުކޭޓު
ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާރުކޭޓުގެ ގޮޅިތަކަށް އިއުލާން ކުރާނަން : ސިޓީ ކައުންސިލް
މާރުކޭޓް ހުޅުވުން ލަސްވަނީ ގޮޅި ތަކުގެ އަދަދާއި މެދު އެއްބަސްވުމަކަަށް ނާދެވިގެން
ދަތުރުވެރިންގެ މާރުކޭޓް ހުޅުވުމަށް ދީފައިވަނީ 45 ދުވަހުގެ މުއްދަތެއް

ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް އިޢުލާނުކުރާނެކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށް މަރާމާތަށް ފަހު ހުޅުވުމަށް 45 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، ދަތުރުވެރިންގެ މާރުކޭޓް ނުހުޅުވި އަދި ލަސްނުވާކަމަށެވެ. މިދިޔަ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގާ ސިޓީ ކައުންސިލުން ވަނީ އެ ޞަރަޙައްދު އެއްކޮށް ހުސްކޮށްފައެވެ. ޝިފާ ވިދާޅުވީ ކުރިޔަށް އޮތް ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގޮޅިތަށް މީހުންނަށް ކުއްޔަށް ދޫކުރެވި، ވިޔަފާރި ފެށިގެންދާނެކަމަށެވެ.

Advertisement

ޝިފާ އިތުރަށް ވިދާޅުވީ، މާރުކޭޓުގެ ގޮޅިތަކުގެ ޑިމާންޑް ވަރަށް ބޮޑު ކަމަށާއި، ގޮޅިތަކަށް އިޢުލާންކުރުން ލަސްވެގެން އުޅެނީ ، ގޮޅި ތަކުގެ ޢަދަދާމެދު މެމްބަރުން އެއްބަސްވުމަކަށް އާދެވިފައި ނުވާތީ ކަމަށެވެ. ކައުންސިލުން ބޭނުންވަނީ ވީހާވެސް ގިނަ ގޮޅިތަކެއް ރައްޔިތުންނަށް ދޭންކަމަށް ޝިފާ ވިދާޅުވިއެވެ.

މަރާމާތަށް ފަހު މާރުކޭޓު ހުޅުވާއިރު 160 ގޮޅީގެ ބަދަލުގައި ހުންނާނީ 63 ގޮޅި ކަމަށާއި އެ ގޮޅިތަކުގައި 8 ފޫޓް 10 ފޫޓް ހުންނާނެ ކަމަށް ސީޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ. މާރުކޭޓު ޚާއްޞަކޮށްފައިވަނީ ދިވެހިން އުފެއްދުންތައް ވިއްކަންކަންކަމުގައިވީނަމަވެސް މާރުކޭޓު އަލުން ހުޅުވާއިރު އިމްޕޯޓް މުދާ ވިއްކަން ބޭނުންވާނަމަ އެތަކެތި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްގެން ވިޔަފާރި ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ދަތުރުވެރިންގެ މާރުކޭޓް ގޮޅިތަކުގައި ބިދޭސީން

ސިޓީ ކައުންސިލުން އިތުރަށް ބުނީ މާރުކޭޓު ގޮޅިތަކުގައި ތަކެތި ވިއްކުމަށް ޙަރަކާތްތެރިވަނީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ކަމަށެވެ. އެހެންނަމަވެސް އަލުން ގޮޅިތައް ހުޅުވާއިރު ބިދޭސީން ގެންގުޅެވޭނީ އެ ގޮޅިއެއްގެ ވެރިފަރާތުގެ ނަން މައްޗަށް އެ ބިދޭސީ މީހާ ރަޖިސްޓްކުރެވިގެން އެކަނި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް