ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 17:34
މެލޭޝިއާ
މެލޭޝިއާ
ގޫގުލް
މެލޭޝިއާ
ރަސޫލާއަށް ފުރައްސާރަކުރި މެލޭޝިއާ މީހަކަށް ބޮޑު ޖަލު ހުކުމެއް!
ޖަލަށް ލާން ހުކުމް ކުރީ ދިހަ އަހަރާއި ދިހަ މަހަށް
އެމީހާ ރަސޫލާއަށް މަލާމާތްކޮށް ލިޔެފައިވަނީ ސޯޝަލް މީޑިއާގައި

ކީރިތި ރަސޫލާ (ސއވ) އަށް މަލާމާތްކޮށް ފުރައްސާރަކުރި މެލޭޝިއާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އެ ގައުމުގެ ކޯޓަކުން ޖަލަށް ލާން ހުކުމް ކުރީ މެލޭޝިއާގެ އެލިސްޓާ ކޯގިއާ ނަމަކަށް ކިޔާ މީހަކަށެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ ދިހަ އަހަރާއި ދިހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލާގައި ކޯގިއާގެ މައްޗަށް ދައުވާ ކުރީ މެލޭޝިއާގެ ގާނޫނޫލްއުގޫބާތުގެ 298 ވަނަ މާއްދާ އާއި 505 ވަނަ މާއްދާ އަދި މަލްޓިމީޑިއާޔާ އާއި ބެހޭ ގާނޫނުގެ ދަށުންނެވެ.

ކީރިތި ރަސުލާއަށް މަލާމާތާއި ފުރައްސާރަކޮށް އަދި އިސްލާމްދީނަށް ވެސް ފާޑުކިޔައި ސޯޝަލް މީޑިއާގައި ލިޔެފައިވާކަމަށް ކާގިއާ ވަނީ ކޯޓުގައި އަމިއްލައަށް އިއުތިރާފްވެފައެވެ.

ކީރިތި ރާސޫލާ އަށް ފުރައްސާރަކުރި މައްސަލާގައި ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ބަދަލުގައި މެލެޝިއާގެ 50000 ރިންގްޓިން އިން ޖޫރިމަނާކުރުމުގެ އިހުތިޔާރުވެސް އޮވެއެވެ. އޭގެ އިތުރުން ޖަލަށްލުމާއެކު ޖޫރިމަނާ ކުރުމުގެ އިހުތިޔާރުވެސް އެ ގައުމުގެ ފަނޑިޔާރުންނަށް އޮވެއެވެ. ނަމަވެސް ކާގިއާ އަށް ޖޫރިމަނާއެއްގެ ބަދަލުގައި ދިހަ އަހަރުގެ ޖަލު ހުކުމެއް ދީފައިވާއިރު އެއީ އެ ގައުމުގައި ކީރިތި ރަސޫލާއަށް މަލާމާތްކުރި މައްސަލައެއްގައި މެލޭޝިއާގައި އެންމެ ބޮޑު ހުކުމެއް އިއްވި ފުރަތަމަ ފަހަރު ކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

- ކޮމެންޓް
13 އޮކްޓޯބަރ 2019 | އާދީއްތަ 20:41
ދޮށީކޮަަަަ އި އަލީގެ މުޙަ އްމަދު
މިރާ އްޖޭގަ އި ރަސޫލާ އަށް އެނމެގިނަ އިން ފުރަ އްސާރަ ކުރާ މީހަކީ އަންނި އެކަމަކު އޭނާވަރު މީހަކު ނެތިގެން މިދިވެހި ރާ އްޖޭގެ އެންމެން ތެޅިބާލަނީ ފުރަތަމަ މިރާ އްޖޭގަ އަންނި އަށް ހުކުމް ކުރަން ޖެހޭނީ
11 އޮކްޓޯބަރ 2019 | ހުކުރު 20:48
މުހައްމަދު
ކީރިތި ރަސޫލާ (ސއވ) އަށް މަލާމާތްކޮށް ފުރައްސާރަކޮއް ބަދުބަސް ބުނެ، ރިޕޯޓް ލިޔެ ސާއިރުކުރި ދިވެހި (އެމް.ޑީ.އެން) ގެ ބޭފުލުންގެ ތަހްގީގް އަވަސްކޮއް ފިޔަވަލު އެލުމަށް ދިވެހި އެއްމެހާ މުއަށްސަސާތަކަށް ގޮވާލަން. ފާލުގަ އިސްލާމްދީނަށް ފުރުއްސާރަކުރަމުން އެ ގެންދަނީ! ސަސްޕެންޑް ކުރުމަކުން އަދި ނެއްނިމޭކަށް. ހައްޔަރުކުރޭ!