މި ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން ގުޅިވަޑައިގަތީ މުނިފޫހިފިލުވައި، އަރާމުކޮށްލަން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ސިޔާސީ މަސައްކަތެއް ކުރަން ބަޔަކު ޖޭޕީއަށް ދާން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެއީ ސިޔާސީ މަސައްކަތެއް ކުރަން އެންމެ ރަނގަޅު ''ޕްލެޓްފޯމް'' ނޫން ކަމަށެވެ. ޕީޕީއެމް އަދި ޕީއެންސީ ދޫކުރައްވައި ވަޑައިގެންނެވީ، މެމްބަރުންނަށް އިޝާާރާތް ކުރައްވާ އަދުރޭ ވިދާޅުވީ، އެ މެމްބަރުން ޖޭޕީއާ ގުޅިވަޑައިގެންނެވީ އެހެން މަގުސަދެއް ހާސިލްކުރުމަށް ކަމަށެވެ.
ކަންދިމާވި ގޮތުން މަޖިލީސްގެ ގޮނޑިވެސް މި ފަހަރު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންނަށް ލިބިވަޑައިގެންނެވީ. އެހެންވީމާމިއައި މާޔުސްކަމުގައި ހިތްދަތިކަމުގައި ނޫނިއްޔާމު މާ ބޮޑު މަސްކަތެއް ތިބުމުގެ ބަދަލުގައި މުނިފޫހިފުލުވާލުމަށްޓަކައި ދިޔަ ދިޔުމެއްގެ ގޮތުގައި އަޅުގަނޑު ގޮތުގައި އަޅުގަނޑު ސިފަކުރަނީއަބްދުއްރަހީމް އަބްދުﷲޣ ~ ޕީއެންސީގެ ރައީސް ~
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރެއްވި އަދުރޭ ވިދާޅުވީ، ޖޭޕީގެ ލީޑަރު ގާސިމް އަކީ ވަރަށް ހެޔޮފުޅު ބޭފުޅެއް ކަމަށާއި، އެ މެމްބަރުންގެ އެ ޕާޓީއަށް ވަޑައިގަތުމުން ގާސިމްއާ އެކު އޭނާގެ ރިސޯޓުތަކަށް އަރާމުކޮށްލެވޭނެ ކަމަށެވެ. އަދި ''ޖޭޕީ'' އަކީ ރިސޯޓެއް ގޮތުގައި އަދުރޭ ވަނީ ސިފަ ކުރައްވާފައެވެ.
ދާދީފަހުން ޕްރޮގްރެސިވް ކޯލިޝަނުން ޖޭޕީއަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދް, އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު، އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނިވަޑައިގަންނަވައެވެ.