Advertisement
ކ. މާލެ
|
13 މާރޗް 2017 | ހޯމަ 14:24
އިންފޮމޭޝަން ކޮމިޝަނަރ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު
އިންފޮމޭޝަން ކޮމިޝަނަރ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު
ރައީސް އޮފީސް
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީ
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
ހުށަހެޅި 53 މައްސަލައިގެ ތެރެއިން 50 ވަނީ ނިމިފައި
މިދިޔަ 2015 އަހަރު ހުށަހެޅި 28 މައްސަލައިގެ ތެރެއިން 27 މައްސަލަ ވަނީ ނިންމާފަ

ދައުލަތުގެ އެކި މުއައްސަސާތަކުން މައުލޫމާތު ލިބުމުގައި ހުރަސްތައް ކުރިމަތިވެގެން މިދިއަ 2016 ވަނަ އަހަރު 53 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފި އެވެ.

 

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން މައުލޫމާތު ލިބުމުގައި ހުރަސްތައް ކުރިމަތިވެ 53 މައްސަލަ ހުށަހެޅުނުއިރު، އޭގެ ތެރެއިން 50 މައްސަލަ ނިމިފައިވާ ކަމަށް ވެއެވެ.

 

މައުލޫމާތު ލިބުމުގައި ހުރަސްތައް ކުރިމަތިވެގެން 2016 ވަނަ އަހަރު 53 މައްސަލައެއް ހުށަހެޅުނުއިރު 2015 ވަނަ އަހަރު އެކޮމިޝަނަށް ހުށަހެޅިފައި ވަނީ 28 މައްސަލަ އެވެ. އޭގެ ތެރެއިން 27 މައްސަލަ ނިންމާފައިވާ ކަމަށް މިދިޔަ އަހަރު ނެރުނު އެކޮމިޝަނުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވެއެވެ.

 

އިންފޮމޭޝަން ކޮމިޝަނުން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ އިސްތިހާރުތައް ފޮނުވާފައިވާ ކަމާއި ދައުލަތުގެ މުއައްސަސާތައް އަހުލުވެރިކުރުމުގެ ގޮތުން މާލޭގެ އިދާރާތަކުގެ 71 އިންފޮމޭޝަން އޮފިޝަރުންނަށާއި މިނިވަން މުއައްސަސާތަކުގެ 575 މުވައްޒަފުންގެ އިތުރުން، އަތޮޅުތަކުގެ 174 އިންފޮމޭޝަން އޮފިސަރުންނަށް ތަމްރީން ޕްރޮގްރާމްތައް ވެސް ހިންގާފައިވާ ކަމަށް ވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ރިޕޯޓްގައި ވެއެވެ.

 

މިދިޔަ އަހަރު އެކޮމިޝަނުންވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީހުން ހިންގާ ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއި ކޮށްފައެވެ. އަދި "މުވައްޒަފުންގެ ހައްޖު ސްކީމް"ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުން ބައިވެރިވެ، ހައްޖު ކޯޕަރޭޝަނާއެކު ވަނީ ސޮއިކުރައްވާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް