Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 17:13
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ޗައިނާ ސަފީރު ޒަންގް ލިޒޮންގް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ޗައިނާ ސަފީރު ޒަންގް ލިޒޮންގް
ޓްވިޓަރ
ފޮރިން މިނިސްޓްރީ
ޗައިނާ އެމްބަސީ އަޅަން ހުޅުމާލެއިން ބިމެއް ދީފި
ބިން ދޫކޮށްފައިވަނީ ބުދަ ދުވަހު
ޗައިނާ ސަރުކާރުން ދަނީ ފޮރިން މިނިސްޓްރީ މަރާމާތު ކުރަމުން
އިންޑިއާ، ލަންކާ އަދި ބަންގްލަދޭޝް އަށް ވެސް ވަނީ ބިންދީފައި

ޗައިނާގެ އެމްބަސީ އަޅަން ހުޅުމާލެއިން ބިމެއް ދީފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފޭސްގައި އެމްބަސީ އެއް އެޅުމަށް ބުދަ ދުވަހު ޗައިނާ އަށް ބިން ދޫކޮށްފައިވާ ކަމަށެވެ. މީގެ ކުރިން އެ ސަރަހައްދުން އަވަށްޓެރި ގައުމުތަށް ކަމަށްވާ، އިންޑިއާ، ލަންކާގެ އިތުރުން ބަންގްލަދޭޝްގެ އެމްބަސީ އަޅަން ވަނީ ބިން ދޫކޮށްފައެެވެ.

މިއުވާން ވިދާޅުވީ، އެ ބިންތައް ދޫކޮށްފައިވަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބިން ބޭނުންވެގެން ހުށައަޅާ ފަރާތްތަކަށް ކަމަށާއި، ބިން ދޫކުރަނީ އެމްބަސީތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުން ކަމަށެވެ.

Advertisement

ފޮރިން މިނިސްޓްރީން ބުނީ، ހުޅުމާލެ އަށް އެމްބަސީތައް ބަދަލު ކުުރުމަށް ނިންމާފައިވަނީ، މާލޭގައި ތޮއްޖެހުން ބޮޑުވުމާއި، ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ.

މިހާރު ޗައިނަ އެމްބަސީ ހިންގަމުން ދަނީ ދުނބުގަސް މަގުގައި ހުންނަ ހ. ނޫކުރިކީލާ ގޭގައެެވެ. ފޮރިން މިނިސްޓްރީން ޗައިނާގެ އެމްބަސީ އަޅަން ބިމެއް ދީފައިވާއިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޮރިން މިނިސްޓްރީގެ އޮފީސް އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ދާދި ފަހުން ޗައިނާ އަށް ދަތުރުފުޅެއް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް