ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 07:39
ދެކުނު އޭޝިއާގެ ގޮފީގެ ލީޑަރު އާސިމް އުމަރު
ދެކުނު އޭޝިއާގެ ގޮފީގެ ލީޑަރު އާސިމް އުމަރު
ބީބީސީ
ދެކުނު އޭޝިއާ
އަލްޤައިދާގެ ދެކުނު އޭޝިޔާގެ ލީޑަރު މަރާލައިފި
އެމެރިކާއިން ވަނީ ވައިގެ މަގުން އެހީ ފޯރުކޮށްދީފައި
ވައިގެ މަގުން ދިން ހަމަލާގައި މަރުވީ އާންމުންގެ 40 މީހުން

އެމެރިކާ އާއި އަފްޣާނިސްތާން ގުޅިގެން މިދިޔަ މަހު، ދެކުނު އަފްޣާނިސްތާނުގެ ދެކުނުގެ ޞަރަޙައްދެއްގައި ހިންގި ރެއިޑެއްގައި އަލްޤައިދާގެ ދެކުނު އޭޝިއާގެ ގޮފީގެ ލީޑަރު މަރާލެވިފައިވާ ކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން ކަށަވަރު ކޮށްދީފިއެވެ.

އާސިމް އުމަރު މަރާލާފައިވަނީ 2014 ވަނަ އަހަރު ބެލިބެލުމަށް ފަހު، މިދިޔަ މަހުގެ 23 ވަނަ ދުވަހު ޠާލިބާނުން އުޅޭ ޞަރަޙައްދެއް ކަމަށްވާ ހެލްމާންދް ޕްރޮވިންސްގެ މޫސާ ގަލާގައެވެ.

އުމަރު މަރުވިކަމަށް ބުނާ ޚަބަރުތައް ދޮގުކޮށް ބަޔާނެއް ނެރުމަށް ފަހު ބުނީ، ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، ކައިވެނި ޕާޓީއެއް ކުރިޔަށް ދިޔަ ވަގުތު ސިފައިން ދިން ޙަމަލާގައި މަރުވެފައިވަނީ ޢާއްމުންގެ މީހުން ކަމަށެވެ. އަފްޣާނިސްތާނުގެ ނެޝަނަލް ޑައިރެކްޓޮރޭޓް އޮފް ސެކިއުރިޓީ ވިދާޅުވީ، އުމަރަކީ ޕާކިސްތާނު ރައްޔިތެއް ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭނާ އުފަންވެފައިވަނީ އިންޑިއާއަށެވެ.

ސެޕްޓެމްބަރު މަހުގެ 23-22 އަށް ހިންގި މި އޮޕަރޭޝަނުގައި އެމެރިކާއިން ވަނީ ވައިގެ މަގުން އެހީ ފޯރުކޮށްދީފައެވެ. ކަމާބެހޭ އިސްއޮފިޝަލުން ބުނެފައިވަނީ، ވައިގެ މަގުން ދިން ޙަމަލާގައި އާއްމުންގެ 40 މީހުންނާއި ކުދިން މަރުވި މައްސަލަ ބަލަމުންދާ ކަމަށެވެ.

- ކޮމެންޓް