Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 13:37
ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޝަހީބާއި، ކުރީގެ ނައިބް ރައީސް ފާތިމަތު ޒައިނާ
ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޝަހީބާއި، ކުރީގެ ނައިބް ރައީސް ފާތިމަތު ޒައިނާ
ޝުއައިބް މުހައްމަދު އިގްބާލް
ބްރޯޑްކޮމް
ޒައިނާ ބްރޯޑްކޮމް އިން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި!
ޒައިނާ މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނީ މެންބަރުން ޤާނޫނީ ގޮތުން އަދާ ކުރަންޖެހޭ ޒިންމާ އަދާ ކުރުމުގައި އިހުމާލުވެފައިވާ މައްސަލައިގަ

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި، 56 މެމްބަރުންގެ ވޯޓާއިއެކުއެވެ. ޒައިނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް 1 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

Advertisement

އެންމެ ފުރަތަމަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ނިންމާފައިވަނީ ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ ވަކި ކުރުމަށެވެ. ނަމަވެސް ޝަހީބު ވަނީ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު އަމިއްލައަށް މަގާމުން އިސްތުފާދެއްވާފައެވެ. މިގޮތަށް ކޮމެޓީން ނިންމާފައިވަނީ އެ ދެބޭފުޅުން ޤާނޫނީ ގޮތުން އަދާ ކުރަންޖެހޭ ޒިންމާ އަދާ ކުރުމުގައި އިހުމާލުވެފައިވާ މައްސަލައިގައެވެ. މެމްބަރުކަމުން ވަކިކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައިވަނީ އެ ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމްއަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ އިސްމާއިލް ސޮފްވާން އާއި ހަސަން ނަބާހު ވަނީ އިސްތިއުފާދެއްވާފައެވެ. ސޮފްވާނާއި ނަބާހު މަގާމުން އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އެ ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަޤާމެއް ހުސްވުމާއި ގުޅިގެން ބްރޯޑްކާސްޓިންގް ކޮމިޝަނަށް ދެ މެމްބަރަކު އައްޔަނުކުރުމަށް އާއްމުކޮށް ހުޅުވާލާ، ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް ފެނިވަޑައިގެންނެވި ނަންތައް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރުމަށްރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކަށްމަޖިލީހުންވަނީ އާއްމުންގެ ހިޔާލުވެސް ހޯދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް