Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 15:16
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
މުހައްމަދު ޝަރުހާން
މަޖިލިސް 2019
އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޢައްޔަންކުރަން 3 ނަމެއް ތަޅުމަށް
ޖުމްލަ 4ފަރާތަކާއި އިންޓަވިއު ކުރެވުނު

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޢައްޔަންކުރަން 3 ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުންދީފިއެވެ.

އެމަޤާމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި 4 ބޭފުޅުންނާއި އިންޓަވިއު ކުރެވުނު އިރު މަޤާމަށް ޢައްޔަނުކުރުމަށް ކޮމެޓީން ރުހުންދީފައިވަނީ ޙުސައިން ފިޔާޒު މޫސާއާއި އަޙްމަދު ފަޔާޒުގެ އިތުރުން އަޙްމަދު އާހިދު ރަޝީދަށެވެ.

ހުސައިން ފިޔާޒަށް އިންޓަވިއުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ވޯޓު ލިބިފައިވާއިރު ފަޔާޒަށް ލިބިފައިވަނީ އިންޓަވިއުގައި ބައިވެރިވި 10 މެމްބަރުންގެ ތެރެއިން 9 މެމްބަރުންގެ ވޯޓެވެ. އާހިދަށް ލިބިފައިވަނީ އިންޓަވިއުގައި ބައިވެރިވި 11 މެމްބަރުންގެ ތެރެއިން 10 ،މެމްބަރުންގެ ވޯޓެވެ. ސައުޝަން އަށް ލިބުނީ އިންޓަވިއުގައި ބައިވެރިވި 9 މެމްބަރުންގެ ތެރެއިން 5 މެމްބަރުންގެ ވޯޓެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި ހޯމަ ދުވަހު އިންޓަވިއުކުރިއިރު ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ ފަރާތުންވެސް ރެފަރަލްއެއް، އަދި އަމިއްލަފުޅަށް އެބޭފުޅަކާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ފުރުޞަތު ދެއްވާފައިވެއެވެ. މީގެ އިތުރަށް ޤާނޫނާއި ބެހޭގޮތުން ޓެސްޓު ކަރުދާހެއް ވެސް އެރުވިއެވެ. ކަރުދާހުގެ ޖުމްލަ މާރކްސްއަކީ 15 އެވެ. މާރކްސްއަށް ބަލާލާއިރު ސަައުޝަންއަށް 11 މާރކްސް ،ފިޔާޒަށް 14 މާރކްސް، ފަޔާޒް އަށް 12 މާރކްސް އަދި އާހިދަށް ލިބިލެއްވީ 11 މާރކްސް އެވެ.

ޤާނޫނު އަސާސީގައި އޮންނަ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރަކު ޢައްޔަންކުރަންޖެހެއެވެ. އެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރުގެ މުއްދަތު ވަނީ މިއަަހަރުގެ ޖޫން މަހުގެ 22 އަށް ހަމަވެފައެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރެއް ނެތި ، އެ މުއައްސަސާ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ މިހާރު ވަނީ ތިން މަހަށްވުރެ ގިނަ ދުވަސްވެފައެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ދައުލަތުން އުފައްދާފައިވަނީ 13 ޖުލައި 2014 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް