Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 14:39
އަލީ ހަމީދު
އަލީ ހަމީދު
މުހައްމަދު ޝަރުހާން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
އަލީ ހަމީދު މިނިވަންވެއްޖެ
އަލީ ހަމީދު މިނިވަންވީ އަލީ ހަމީދުގެ ހުކުމް ތަންފީޒުކޮށް ނިމުމުން

ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ތަންފީޒު ކުރައްވަމުން ގެންދެވި ހުކުމްގެ މުއްދަތު ހަމަވެ އޭނާ މިނިވަން ވެފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އަލީ ހަމީދުގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި ހަތްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. 2018 ވަނަ އަހަރުގެ މެއި 10 ގައި ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމަށް ހައިކޯޓާއި، ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފައި ވެއެވެ. އަލީ ހަމީދުގެ މައްޗަށް ސާބިތުވީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.އެހުކުމް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަމަވެފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި އޭނާ މިނިވަން ވެފައިވަނީ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އަލީ ހަމީދުގެ މައްޗަށް އިއްވި ހުކުމްގެ އެއްބައި ތަންފީޒު ކޮށްފައި ވަނީ ޖަލުގަ އެވެ. އަދި ފަހުން އޭނާ ހުންނެވީ ގޭގައެވެ. އެހެންކަމުން ހުކުމްގެ ބާކީ ބައި ތަންފީޒު ކުރެއްވީ ގޭ ބަންދުގައި ހުންނަވައިގެނެވެ.

Advertisement

އަލީ ހަމީދަށް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އޭނާ ހައްޔަރުކުރުމަށް ފަހު ފޯނު ދެއްވަން ދެކޮޅު ހެއްދެވި މައްސަލައިގައި އުފުލުނު އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން ވެސް އެއް އަހަރާއި ހަތްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ފަހުން ހައިކޯޓުން ވަނީ އެ ހުކުމް ބާތިލް ކޮށްފަ އެވެ.

އަލީ ހަމީދުގެ ތަންފީޒު ކުރައްވަމުން ގެންދެވި ހުކުމުގެ އެއްބައި ޖަލުގައި ތަންފީޒު ކުރެއްވި ނަމަވެސް ހުކުމްގެ ބާކީ ބައި ތަންފީޒު ކުރެއްވީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް