މި ސަރުކާރުން ވެރިކަމާއި ހާވާލުވިއިރު ބޭރު ގައުމުތަކުގެ ސަފީރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމަށް އެދިވަޑައިގެން ފުރުސަތު ނުދެއްވައި އޮންނަތާ އަހަރުތަކެއް ވެފައިވާކަމަށް ފޮރިން މިނިސްޓްރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ޤައުމުތަކަށް ކުރައްވާ ދަތުރުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ހަރަދު ބޮޑުވާކަމަށް ބުނެ ވާހަކަތައްދައްކަނީ މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ނަތީޖާތައް ފެންނާތީވެ ކަންބޮޑުވެގެންކަމަށެވެ. އަދި މިހާތަނަށް ކުރެއްވި ދަރުފުޅުތަކަށް އެބޭފުޅުންގެ ސަރުކާރުގައި ހޭދަކުރި 27 މިލިއަނާއި ގާތަށްވެސް ހަރަދުތައްކޮށްފައިނުވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކުރާ މަސައްކަތްތަކުގެ ނަތީޖާ 4 މަހުންވެސް ފެނިފައިވާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ބޭއްވުނު އެކި ފޯރަމް ތަކުގައި އެކި ގައުމުތަކުން ބައިވެރިވެ ގުޅުން ބަދަހިވެފައިވާކަމަށެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާ ކަމަށާއި މި ސަރުކާރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައިވެސް 2 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ހޯދާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ވެގެން އުޅޭ ގޮތަކީ، މަސައްކަތެއް ބަޔަކު ކުރާތީ އެކަމާ ކަންބޮޑުވަނީ. އަޅުގަނޑުމެން މި ކުރާ މސައްކަތުގެ ނަތީޖާ ފެންނަން ފެށީ. އަޅުގަނޑުމެން 4 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ޕާޓްނާރޝިޕް ފޯރަމެއް ބޭއްވިން. 30 އެތަށް ގައުމުތަކެއް ބައިވެރިވި. 50 އަށްވުރެ ގިނަ ޖަމިއްޔާތަކުން އައި. ހުރިހާ ބޭފުޅުން ވިދާޅުވަމުން އައީ މި ސަރުކާރަކީ ޑިމްކޮރަޓެކް ހަމަތޚާއި އުސޫލަތކުގެ ތެރެއިން ޕްލޭންކޮށް ކަންކަން ކުރަމުން އައި ސަރުކާރެއް ކަމަށް. މި ސަރުކާރާއި މެދު ބޭރުމީހުން ހެޔޮ ބަސް ބުނަމުން ގެންދިޔައީ. އެކަން ހަޖަމް ނުކުރެވިގެން އެ އުޅެނީ. ރައީސް ޔާމީނުގެ ސަރުކާރުގެ 5 އަހަރު ތެރޭގައި މުޅި އެކީގައި ލިބުނީ 1.5 ބިލިއަން ރުފިޔާ. އަޅުގަނޑޫމެން ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައިވެސް އޮންނާނީ ގާތްގަނޑަކަށް 2 ބިލިއަނާއި ގާތް ކުރާ ވަރަށް ހިލޭ އެހީ ގެނެސްފައި. ދެން ކޮންވާހަކައެއް ތޯ؟ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުރީގެ ސަރުކާރުން ގެންގުޅުއްވި ގޮތުން ރާއްޖެ އޮތީ ބިކަވެ، ބާކީވެފައިކަަމަށެވެ. އެގޮތުން އަލުން އެނބުރި ރާއްޖެއަށް ހައްގުވާ ގަދަރާއި އިއްޒަތް ހޯދުމަށްޓަކައި ހާރިޖީ ދާއިރާގައި ކުރަންޖެހޭ މަސައްކްތް ވަރަށް ގިނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކުރީ ސަރުކާރުގެ ކަންތައް ކުރެއްވީ އުސޫލެއް ހަމައެއް ނެތިކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީއެއް ލިބިފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ އަޑަށް މިހާރު ބޭރުގެ ގައުމުތަކުން އިހްތިރާމް ކުރާކަން ފާހަގަވެފައިވާކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ހާރިޖީ ދާއިރާގައި ކުރާ މަސަައްކަތް ލަސް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެ އިދާއިރާގައި މަސަތްކަތް ކުރައްވަނީ ތަޖްރިބާކާރު ބޭފުޅުންކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރު ސްލޯ ކަމަށް ދައްކާ ވާހަކައަށް އިޝާރަތް ކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ ސަރުކާރުގެ ސްލޯތޯ ނުވަތަ ނޫންތޯ ނިންމާނީ ހިސާބު ކިތާބަށް ބެެލުމަށްފަހުކަމަށެވެ. އަދި މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ އަލަށް ފެށުނު މަޝްރޫއުތަަކަށް ވުރެން މި ސަރުކާރުގެ ފުރަތަމަ އަހަރުގައި އަލަށް ފެށުނު މަޝްރޫއުތަށް މާގިނަ ކަމަށެވެ. އެގޮތުން 70 މަޝްރޫއެއް ކުރީގެ ސަރުކާރުގެ ފުރަތަމަ އަހަރުިގެ ތެރޭގައި ހިންގާފައިވާއިރު މިހާތަނަށް މި ސަރުކާރުން 147 މަޝްރޫއު ހިންގަން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރު ސްލޯތޯ ނުވަތަ ނޫންތޯ ނިންމަން އޮންނާނީ އަޅުގަނޑުމެން ކުރިމަތީގައި ހުންނަ ހިސާބު ކިތާބުން. އިހަށް ދުވަހު ފިނޭންސް މިނިސްޓަރ ނިކުމެ ވަޑައިގެން ތަރުތީބުކޮށް ހިސާބު ކިޔައި ދެއްވައިފި. ކޮންމެސް ބަޔަކާއި އަޅައި ކިޔައިގެންތާ ގޮތެއް ނިންމޭނީ. ރައިސް ޔާމީންގެ ފުރަތަމަ އަހަރު އަލަށް ފެށުނު މަޝްރޫއުތަކުގެ އަދަދު އުޅޭ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވީ ގާތްގަނޑަކަށް 70، އަޅުގަނޑުމެން ސަރުކާރުގައި 147 އައު މަޝްރޫއު ހިންގަން ފަށައިފި.ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
މިނިސްޓަރ އިތުރަށް ވިދާޅުވީ ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ރައްޔިތުން ބިކަކޮށް ނިކަމެތިކޮށްފައިވުމާއެކު، ރައްޔިތުން ސަރުކާރަށް ކުރާ އުންމީދު ބޮޑު ވާނެކަމަށާއި އެކަންތައްތައް ރައްޔިތުންގެ ހިތުގައި އޮތް މިންވަރާއި ގާތަށް ވެސް ނުކުރެވޭކަން ގަބޫލުކުރަންޖެހޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ސަރުކާރަކީ ވަކި ގޮތަކަށް ކަންތައް ތަރުތީރީބުކޮށްގެން ވަކި ގޮތަކަށް ހިންގަން އައި ސަރުކާރެއްކަމަށެވެ.
މިދިޔަ ސަރުކާރުންނާއި ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައިވެސް އެއްވެސް ޕްލޭން އެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުރީ ސަރުކާރުތަކުން ޕްލޭނެއް ނެތި މަޝްރޫއުތައް ހިންގައި، އެކަން ލޮލަށް ފެންނަން ހުރިކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ރައިސް ސޯލިހު ޕްލޭނިންގް މިނިސްޓަރެއް ހަމަޖެއްސެވީވެސް، ރައްޔިތުންނަށް ތަސައްވުރެއް ނެތި ހިންގާ މަޝްރޫއުތަކުގެ ސަބަބުން އުފުލަންޖެހުނު ތަކުލީފުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
މިދިޔަ ސަރުކާރުގައާއި އޭގެ ކުރިން އޮތް ރައީސް ވަހީދދުގެ ސަރުކާރުގައިވެސް އެއްވެސް މިންވަރަކަށް ޕްލޭން ކުރުމުގެ ކަމެއް ހިނގާފައެއް ނެތް. ޕްލޭނިންގް މިނިސްޓްރީއެއް ނުވަތަ ޑިޕާޓްމެންޓެއް ވެސް ނެތް. ރައީސް ސޯލިހުގެ ފުރަތަމަ މަސައްކަތްޕުޅަކަށްވީ ކެބިނެޓުގައި ޕްލޭނިންގް މިނިސްޓްރީއެއް އުފައްދަވައި މިނިސްޓަރަކު ބޭންދެވުން. ކަންތައްތައް ރާވައިގެން ހިންގެވުން. ނަތީޖާއަކަށް ވަނީ އިސްރާފުކުޑަވުން، ހިތުހުރި ގޮތަކަށް ހިތުހުރި ތާކު ބޭނުން އަދަދަކަށް ކަންތަައް ކުރަން ފެށީމައި ކަންތައްތަކެއް ފެންނަން ހުރެދާނެ. އެކަމަކު، އެންމެ ފަހުން އޭގެ ހަރަދު ބޮލުގަ އަޅަން މިތިބީ ރައްޔިތުން.ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު