Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 13:50
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ރައްޔިތުންގެ މަޖިލިސް
ފަލަސުރުހީ
ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ އެލްޑާރލީ ހޯމްތައް ގާއިމު ކުރަނީ
އެގޮތުން އެއް މަރުކަޒު މާލެ ސަރަައްދުގައި ގާއިމު ކުރެވިގެންދާނެ

ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ސެންޓަރުތަކެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސެންޓަރުތަކެއް ގާއިމު ކުރުމަކީ މި ސަރުކާރުގެ އެއް ސިޔާސަތުކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދެ ސަރަހައްދެއްގައި އެލްޑަރލީ ހޯމްތައް ގާއިމު ކުރެވިގެންދާނެކަމަށެވެ. އެގޮތުން އެއް މަރުކަޒު މާލެ ސަރަައްދުގައި ގާއިމު ކުރެވިގެންދާނެ ކަމަށާއި އަނެއް މަރުކަޒު ގާއިމު ކުރެވޭނެ ވަކި ސަރަހައްދެއް ކަނޑައެޅިފައިނުވާކަމަށެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ އެލްޑާރލީ ހޯމްސްތަކަކީ ގުރައިދޫ މަރުކަޒާއި މުޅިން ތަފާތު ތަންތަން ކަމަށެވެ.

އެލްޑަރލީ ހޯމް އޭ ބުނީމަ ވަރަށް ގިނަ ބައެއްގެ ވިސްނުމަށް އައިސްދާނެ މިހާރު ގުރައިދޫ މަރުކަޒު ހިންގާ ކޮންސެޕްޓު. ހަގީގަތުގައި ގުރައިދޫ މަރުކަޒަކީ އުމުރުން ދުވަސްވީ މީހުން، ނުވަތަ ހަމައެކަނި މެންޓަލް ހެލްތު މީހުން ބަހައްޓަން ހަދާފަ ހުރި ތަނެއްވެސް ނޫން. ދެން އެވަގުތަކު އެއީ، ކޮންމެ ހާލަތެއްގައި ވެސް ތިބި ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބަން ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މީހުން ބެލެހެއްޓުމަށްޓަކައި ހުރި މަރުކަޒެއް.
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް

ގުރައިދޫ މަރުކަޒާއި ގުޅިގެން އިތުރަށް ވާހަކަދައްކަވަމުން ވިދާޅުވީ ގުރައިދޫ މަރުކަޒުވެސް އަޕްގްރޭޑް ކޮށް، އެތަނުގައި ވެސް ތިބި ވަކިވަކި މީހުންނަށް ޚާއްސަ ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މީހުން މަރުކަޒު ކުރެވޭއިރު އެލްޑަރލީ ހޯމް ބައްޓަން ކުރެވޭނީ އުމުރުން ދުވަސްވީ އެމީހުންނަށް އެކަށީގެންވާ ހިތްފަސޭހަ ރަނގަޅު މާހައުލެއް ހިމެނޭ ގޮތަށް ކަމަށެވެ. އަދި 24 ގަޑީއިރުވެސް ތިބެވުމުގެ އިތުރުން އެ ތަނުން އުމުރުން ދުވަސްވީ މީހުންނަށް ޑޭ ކެއަރ ގެ ޚިދުމަތް ލިބޭ ގޮތަށް އެތަންތަން ބައްޓަން ކުރެވިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް