ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 08:45
އީރާގުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން
އީރާގުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން
އަލްޖަޒީރާ
އީރާގް
އީރާގުގައި ކުރިއަށްދާ މުޒާހަރާގައި 104 މީހުން މަރުވެ، 6000 އަށް ވުރެ ގިނަ މީހުން ޒަހަމް ވެއްޖެ
މުޒާހަރާގެ ބައިވެރިން ވަނީ މުޅި ޖުމްލަ 51 އިމާރާތެއްގައި ރޯކޮށްލާފަ

އީރާގު ސަރުކާރާއި ދެކޮޅަށް ކުރެވެމުންދާ މުޒާހަރާގައި 104 މީހުން މަރުވެ، 6000 އަށް ވުރެ ގިނަ މީހުން ޒަހަމް ވެއްޖެއެވެ.

އެގައުމުގެ އިންޓީރިއަރ މިނިސްޓްރީއާއި ހަވާލާދީ އަލްޖަޒީރާގައި ވަނިީ މަރުވެފައިވާ 104 މީހުންގެ ތެރެއިން 8 މީހުންނަކީ ސެކިއުުރިޓީ ބާރުގެ މީހުން ކަމަށާއި މުޅި ޖުމްލަ 6107 މީހުން ޒަހަމްވިކަން ކަށަވަރުކޮށްދީފައެވެ.

އަދި މުޒާހަރާގެ ބައިވެރިން ވަނީ މުޅި ޖުމްލަ 51 އިމާރާތެއްގައި ރޯކޮށްލާފައިވާކަމަށް ވެސް އިންޓީރިއަރ މިނިސްޓްރީއާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާ ކުރަމުންދާއިރު، ވޯޓަރ ކެނަންސް އަދި ކަރުނަ ގޭސް ދަނީ ބޭނުން ކުރަމުންނެވެ. މީގެ އިތުރުން ރަބަރު ވަޒަނުގެ ސަބަބުން މުޒާހަރާގެ ގިނަ ބަޔަކު ވަނީ ޒަހަމްވެ، ދުނިޔެ ދޫކޮށްފައެވެ.

މުޒާހަރާ އެ ގައުމުގެ އެކި ހިސާބުތަކުގައި ކުރެވެމުންދާ އިރު މި މުޒާހަރާތައް ކުރެވެނީ އެ ގައުމުގައި ވަޒީފާގެ ފުރުސަތުތައް ނެތުމާއި ރަނގަޅު ޕަބްލިކް ސާރވިސްއެއް ނެތުމުގެ އިތުރުން އީރާގު ސަރުކާރުގެ ކޮރަޕްޝަންއާއި ދެކޮޅަށެވެ.

- ކޮމެންޓް