ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 21:04
\"އެކްސަސައިޒް އެކުވެރިން 2019\" އަށް ފުރި  ދިވެހި ސިފައިން
"އެކްސަސައިޒް އެކުވެރިން 2019" އަށް ފުރި ދިވެހި ސިފައިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އިންޑިއާ ސިފައިންނާ ގުޅިގެން އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދަން ދިވެހި ސިފައިން ފުރައިފި
އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމަށް ސިފައިން އިންޑިއާއަށް ފުރީ މިއަދު

ރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމަށް ސިފައިން އިންޑިއާއަށް ފުރައިފިއެވެ.

"އެކްސަސައިޒް އެކުވެރިން 2019" ނަމުގައި ބާއްވާ އެ ޓްރެއިނިން އަކީ އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ތަމްރީނެކެވެ.

މި ފަހަރުގެ އެކްސަސައިޒް އެކުވެރިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޕޫނާގައެވެ.

އެކްސަސައިޒުގައި ކިޔަވައިދޭނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މީހުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޓްރެއިނިން ބާއްވާތާ މިހާރު 10 އަހަރު ވެފައިވާއިރު އެންމެ ފުރަތަމަ ޓްރެއިނިން ބާއްވާފައިވަނީ 2009 ވަނަ އަހަރެވެ. ކޮންމެ އަހަރަކު ޤައުމެއްގައި ބާއްވަމުން އަންނަ މި ޓްރެއިނިން މިދިޔަ އަހަރު ބާއްވާފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައެވެ.

- ކޮމެންޓް