Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 15:53
ފިނޭންސްގެ 25 ބުރީގެ އިމާރާތުގެ މޮޑެލްއެއް
ފިނޭންސްގެ 25 ބުރީގެ އިމާރާތުގެ މޮޑެލްއެއް
އަވަސް
ފިނޭންސްގެ އައު އިމާރާތް
ފިނޭންސްގެ 25 ބުރީގެ އިމާރާތް ހަދަން ހަވާލުކުރީ ފައިސާ ހަމަނުޖެހެނީސް
ފިނޭންސް މިނިސްޓްރީގެ އައު އިމާރާތް ހަދަން ހަވާލުކުރީ ޑަބްލިޔުޒީއާރް ޕްރޮޕަޓީއާ
މަޝްރޫއުގެ އަގު ވަނީ 155 މިލިއަން ޑޮލަރަށް އަރާ

ކުރީގެ ސަރުކާރުން ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ ޢިމާރާތުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏަކާ ޙަވާލުކުރީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހެނީސްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

Advertisement

މި މައްސަލައާ ގުޅިގެން އެޗްޑީސީން ޢާއްމުކުރި ބަޔާނުގައި ބުނެފައިވަނީ މާލޭގައި 25 ބުރީގެ ޢިމާރާތުގެ މަސައްކަތް ފުރަތަމަ ޙަވާލުކުރީ 122 މިލިއަން ޑޮލަރަށް ކަމަށެވެ. ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ޢިމާރާތުގެ މަސައްކަތް ބަދަލުކުރުމާއެކު އެ މަޝްރޫއުގެ އަގު 155 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

އެޗްޑީސީން އެ މަޝްރޫއުގެ މަސައްކަތާ، 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުވީއިރު، ސަރުކާރުން މެލޭޝިއާގެ ކުންފުންޏަށް 7.9 މިލިއަން ޑޮލަރު ދައްކާފައިވެއެވެ.

އެ ކުންފުނީގެ ބިޒްނަސް ޕްލޭންގެ ބޭރުން ގެނައި ކުއްލި މަޝްރޫއަކަށް ވުމާއެކު، އެ ކުންފުންޏަށް ލޯނެއް ނަގައިގެން ނޫނީ އެ މަޝްރޫޢު ކުރިއަށް ގެންދެވެން ނެތް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކޭނީ ހުޅުމާލެއިން ނުއަގުގައި ގޯތި ވިއްކައިގެން ކަމަށްވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

މިހާރު ފެންމަތިވެގެން މިއުޅޭ ފައިސާގެ މައްސަލައާއި ގުޅިގެން އެޗްޑީސީއަށް ގެއްލުން ނުވާނެ ގޮތަކަށް މަޝްރޫއު އަލުން ފަރުމާކޮށް ކުރިޔަށް ގެންދިޔުމުގެ މަޝްވަރާތައް، މެލޭޝިއާގެ ކުންފުންޏާ އެކު ކުރިއަށްދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މެލޭޝިއާގެ ޑަބްލިޔުޒީއާރް ޕްރޮޕަޓީއާއެވެ. އެ ކުންފުނިން ވަނީ ދިވެހި ދައުލަތާ ދެކޮޅަށް، އެ މަޝްރޫޢު ހުއްޓާލުމުގެ ބަދަލުގެ ގޮތުގައި އަދި މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ އަގުގެ ފައިސާއަށްވާ، 450 މިލިއަން ރުފިޔާގެ މައްސަލައެއް އަރބިޓްރޭޝަނަށް ވައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް