ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 22:33
ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ
ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ރެއާލް އިން ހަޒާޑް ބޭނުންވޭ
ހަޒާޑު ހޯދަން ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި
ފްރާންސްގެ ލިއްލޭ ދޫކޮށްލުމަށްފަހު ހަޒާޑް ޗެލްސީ އަށް ބަދަލުވީ 2012 ވަނަ އަހަރު
ހަޒާޑް ވަނީ ޗެލްސީ އަށް މި ސީޒަނުގައި 11 ލަނޑު ކާމިޔާބުކޮށްދީފަ

ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ހޯދުމުގެ މަސައްކަތް ރެއާލް މެޑްރިޑުން ފަށައިފި އެވެ.

މުންޑޯ ޑިޕޯޓިވޯ އިން ބުނީ ހަޒާޑް ހޯދުމަށް ރެއާލް އިން މަސައްކަތް ފަށާފައިވާ ކަމަށާއި، ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާގަވެސް ހަޒާޑް ހޯދުމަށް ރެއާލް އިން މަސައްކަތްކުރި ކަމަށެވެ.

ޕްރިމިއާ ލިގުގައި މި ސީޒަނުގައި މިވީތަނަށް ކުޅުނު 26 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައިވާ ހަޒާޑް ހޯދުމަށް އެންމެ ބޮޑަށް ބާރުއަޅަނީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ކަމަށްވެސް ރިޕޯޓްތައްބުނެއެވެ. އެގޮތުން ހަޒާޑް އަކީ ޒިދާން ވަރަށް ގަޔާވާ ކުޅުންތެރިންއެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ބައެއް ރިޕޯޓްތައް ބުނާގޮތުން ރެއާލް އާއި ޗެލްސީން މަސައްކަތްކުރަނީ އަލްވަރާ މޮރާޓާ އާއި ހަޒާޑް ބަދަލުކުރަންށެވެ. އެގޮތުން މި ސީޒަނަށްފަހު މޮރާޓާ ޗެލްސީ އަށް ދާނެ ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ.

ފްރާންސްގެ ލިއްލޭ އިން 2007 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 26 އަހަރުގެ ހަޒާޑް ޗެލްސީ އަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 236 މެޗުގައި 66 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މީގެއިތުރުން ބެލްޖިއަމް ގައުމީ ޓީމުގެ ކެޕްޓަންކަންވެސް އަދާކުރަމުން އޭނާ ވަނީ އެޓީމަށް ކުޅުނު 76 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްދީ ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް އެޓީމު ކޮލިފައިކޮށްދިނުމުގެ އިތުރުން މުބާރާތުގެ ސެމީ އަށް އެޓީމުގެ ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

- ކޮމެންޓް