Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 12:49
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ޝުއައިބް މުހައްމަދު އިގްބާލް
ރައީސް މުހައްމަދު ނަޝީދު
ﷲ އާއި ރަސޫލާއާ ގުޅިގެން އެކަށީގެން ނުވާ ބަސްތަކެއް އެމްޑީއެންގެ ރިޕޯޓުގައި ވަނީ ހިމަނާފައި: ރައީސް ނަޝީދު
ދީނުގައި ލިޔެފައިވާ ވާހަކަ ތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތައް
އެފަދަ ކަންކަމަށް އާންމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ
ނަޝީދު ވިދާޅުވީ އިސްލާމް ދީނަކީ އެ ދީނަކީ އެންމެ މާތް، ތަހުޒީބު ދީންކަމަށް

ﷲއާއި ރަސޫލާއާ ގުޅިގެން އެކަށީގެން ނުވާ ބަސްތަކެއް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓުގައި ގެނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓު ވިދާޅުވެފައިވާކަމަށާއި އޭގައި ހިމަނާފައިވާ ބަސްތައް އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

Advertisement

އިސްލާމް ދީނުގައި ކަންކަން އިންނަ ގޮތާއި ގުޅޭ ގޮތުން ލިޔެފައިވާ ވާހަކަ ތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތައް ކަމަށާއި އެފަދަ ކަންކަމަށް އާންމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެ ކުރިން އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ ދީނަށް ކުރާ އެންމެ ބޮޑު ފުރައްސާރަކަމަށެވެ. އަދި އިސްލާމް ދީނަށް ތައުރީފް ކުރައްވައި ނަޝީދު ވިދާޅުވީ އެ ދީނަކީ އެންމެ މާތް، ތަހުޒީބު ދީން ކަމަށެވެ.

އެމްޑީއެންއިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓު މއާންމުގެ ސަމާލުކަމަށް މި ފަހުން އައިސްފައިވަނީ އެ ރިޕޯޓުގައި ﷲ އާއި ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރުމުންނެވެ. އެ ރިޕޯޓާއި ގުޅިގެން ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލަ ހޫނުވެ އެމްޑީއެން އުވާލުމަށް ދީނީ އިލްމުވެރިން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
6 އޮކްޓޯބަރ 2019 | އާދީއްތަ 15:44
ނިސްރީނު
އޮޅުވާލައިގެން ހަބަރު ލިޔުމަކީ ރާއްޖޭ އެމްވީ ގެ އާދަތަ؟ ފެބްރުއަރީ 2019 ގައި މި ރިޕޯރޓް ޝާއިއު ކޮއްފައިވަނީ