Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 12:19
ހަނދުވަރީ ދޯނި
ހަނދުވަރީ ދޯނި
އެމްއެންޑީއެފް
އެމްއެންޑީއެފް
މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމީހާއަށް ފަރުވާ ދެނީ
ބުޅި ހެރުނީ 42 އަހަރުގެ ފިރިހެނެއްގެ ލޮލަށް

މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމީހާ ނައިފަރަށް ގެންގޮސް އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެމީހާއަށް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު ޅ.ނައިފަރަށް ގެންގޮސްފައިވާ ކަމަށެވެ.

އެމީހާ މަސްވެރިކަން ކުރަމުން ދިޔައީ "ހަނދުވަރީ" ނަމަކަށް ކިޔާ ދޯނީގައި ކަމަށާއި އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުމުން އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

އެމީހާއަކީ 42 އަހަަރުގެ ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީޙާގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް